Hulhumale gai thoonu ehchakun meehakah hamalaadhee zahamkohlaifi
image
ހުޅުމާލެ---
1 ކޮމެންޓް
 

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްފައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 07:10 ހާއިރު ހުޅުމާލޭގައި މާރާމާރިއެއް ހިންގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީގެން ފުލުހުން ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އެ މާރާމާރީގައި އަނިޔާވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ފުލުހުން ބުނީ އެމާރާމާރީގައި އެމީހާގެ އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެމީހާ އަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މާރާމާރީ ހުޅުމާލެ
ހިޔާލު

ކިނބޫ

ޥެރިކަމައްކުފޫ ހަމަނުވާބަޔަކު ވެރިކަމުގަ ތިބީމަ ވަަނެގޮތް މިވަނީ. ވެރިމީހާ މިހާރުވެސް އުތއރުންދެކުނަށް ގޮޑި ދުއްވަނީ ޔޯ.