Feyrun ithuruve, biruverikan boduvanee!?
image
މިއަހަރު މިހާތަނަށް 5 ފޭރުމުގެ މަައްސަލައެއް---
3 ކޮމެންޓް
 

ފޭރުން އިތުރުވެ، ބިރުވެރިކަން ބޮޑުވަނީ!؟

ފޭރުމަކީ މިހާރު ވަރަށް އާންމު ވެފައިވާ ކަމެކެވެ. ހާއްސަކޮށް މިކަހަލަ ހަލަބޮލި މާހައުލެއްގައި މިއީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މިއަހަރުވެސް ފޭރުމުގެ ފަސް މައްސަލަ އެއް ރިޕޯޓުކޮށްފައިވާއިރު ގިނަ އަދަދެއްގެ ފައިސާތަކެއް ވަނީ މީހުން އަތުން ފޭރިގަނެފައެވެ.
މިއަހަރު ފޭރިގެން ކުރި ރިޕޯޓުތައް:
ޖެނުއަރީ 20
އިސްލާމިކް ބޭންކްގެ ހުޅުމާލޭ ބްރާންޗަށް ފިއުލް ސަޕްލައިން ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ދިލަ ގަދަ ސްޕްރޭ އެއް ޖެހުމަށްފަހު ވަނީ ފޭރިގަނެފައެވެ. އެމައްސަލައި މީހަކު ހައްޔަރުކޯށްފައެއް ނުވެއެވެ.

ފެބްރުއަރީ 10
މާލޭގައި ޒިޔާރަތް މިސްކިތް ކައިރިން ހޮރައިޒަން ފިޝަރީޒްގެ 160،000 ރުފިޔާގެ ޗެކަކާއި އިތުރު ލިޔެކިޔުންތަކެއް ވަނީ ފޭރިގަނެފައެވެ. އެޗެކާއި ލިޔެކިޔުންތައް ފޭރިގަތީ އެ އަޅާފައި ހުރި ލެޕްޓޮޕް ދަބަސް ފޭރިގަނެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމައްސަލައިގައި ވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ 17
ހުޅުމާލޭގައި ހުންނަ "ރޫޓް" ނަމަކަށް ކިޔާ ފިހާރައިން ބޭންކަށް ޖަމާކުރަން ގެންދިޔަ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ، ސައިކަލެއްގައި މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅިން ބިރުދެއްކުމަށް ފަހު ވަނީ ފޭރިގަތްފައެވެ. އެމައްސައިގައި މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ 19
މާލޭގައި މިމަހު 19 ވަނަ ދުވަހު ވެސް ވަނީ ގިނަ ފައިސާތަކެއް ބަޔަކު ފޭރިގަނެފައެވެ. ފުލުހުން ބުނިގޮތުގައި އެރުފިޔާތައް ފޭރިގަތީ ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު ވަޅިން ބިރު ދެއްކުމަށް ފަހުއެވެ. 560،000 އަށް ވުރެ ގިނަ ރުފިޔާ އެރޭ މީހެއްގެ އަތުން ފޭރިގަނެފައިވާއިރު އަދި އެމައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ 20
މާފަންނު އަޅިވިލާ މަގުން ހިނގާފައި ދިޔަ މީހެއްގެ އަތުން 840 ޑޮލަރު (ޑޮލަރު ގާތްގަނޑަކަށް 12،952 ރުފިޔާ) ފޭރިގަނެފައިވާއިރު އެމައްސަލައިގައި އުމުރުން 26 އަހަރުގެ ފިރިހެނަކާއި އުމުރުން 30 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަަ އަހަރުވެސް ފޭރުމުގެ ގިނަ މައްސަލަތަކެއްވަނީ ރިޕޯޓުކޮށްފައެވެ. އަދި ކުންފުނިތަކުން ޖަމާކުރަން ނުވަތަ ބޭންކުން ނަގައިގެން ގެންދާ ބޮޑެތި އަދަދުތަކުން ފައިސާ ފޭރުން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ފުލުހުން ވަނީ އެފަދަ ފައިސާގެ ބޮޑެތި މުއާމަލާތްތައް ކުރާއިރު ފުލުހުންގެ ސެކިއުރިޓީ ހޯދަން އިލްތިމާސް ވެސް ކޮށްފައެވެ. ފުލުހުންގެ އިލްތިމާސްތައް ގިނަވެގެންދިޔަ ނަމަވެސް ވަގުންނާއި ފޭރޭމީހުންގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.
ހިޔާލު

ސާރާ

އިބޫ މިކަމަ ކުރާނީ ކޮންކަމެއްތޯ..

މަނީ

ބޮޑެތި އަދަދުން ރުފިޔާ ފޭރުމުގައި އަޑިނޭނގޭ ބައެއް އަޅާހެން ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ.

ޢަޖައިބު

ތީ ތިކޮޅަށް އިނގޭވަރު.. ތިޔަށް ވުރެ ގިނަ އިނގޭތޯ