Amar ves Ishqbaaz ah
image
އަމަރް އުފަދީޔަ---
0 ކޮމެންޓް
 

އަމަރް ވެސް "އިޝްގްބާޒް" އަށް

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "އިޝްގްބާޒް" އަށް މަޝްހޫރު ޓީވީ ތަރި އަމަރް އުޕަރްދީޔަ ގުޅިއްޖެއެވެ.
އެޝޯގައި އަމަރް ފެނިގެންދާނީ އެޝޯގައި ކުރީގެ ލީޑު ބަތަލާ އިން ފެނިގެންދިޔަ އަނިކާ ގެ ކޮއްކޮ ސާހިލްގެ ރޯލުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަމަރް ފެނިގެންދާނީ ނެގަޓިވް ރޯލަކުންނެވެ.

އިޝްގްބާޒް ގައި އާ ޖެނަރޭޝަނެއް މިހާރު ފަށާފައިވާއިރު އެ ޝޯގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ ފަންނާނުން ވަނީ އެޝޯ ދޫކޮށްލާފަ އެވެ. އާ ޖެނެރޭޝަނާއެކު އެސީރީޒްގައި ފެނިގެން ގޮސްފައިވަނީ ކުރިން ފެންނަ ތަރިންގެ ތެރެއިން ހަމައެކަނި ނަކުލް މެހެތާ (ޝިވާއީ) އެކަންޏެވެ.

ޝިވާއީ އާއި އަނިކާގެ ދަރި، ޝިވާންޝް ސިންގް އޮބްރޯއީގެ ރޯލުން ނަކުލް މިހާރު ފެނިގެންދާއިރު ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެންދަނީ ނީތި ޓޭލާއެވެ.

އިޝްގްބާޒް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެ ސީރީޒަކީ ތިން ބެއިންގެ ހަޔާތުގެ މައްޗައް ހަދާފައިވާ ސީރީޒެކެވެ.

އަމަރް އެންމެ ފަހުން ފެނިގެންދިޔައީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ " ސާތު ނިބާނާ ސާތިޔާ" އާއި "އެކް ދީވާނާ ތާ" އިންނެވެ.
ހިޔާލު