Hospital ah gadha baarun vanun eii siyaasee harakaatheh noon: Imran
image
އިއްޔެ ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރުމުން އެއްވެ ތިބި ބަޔަކަށް އޭގެ އަސަރުކޮށްގެން ބަޔަކު އެހީވަނީ-- ފޮޓޯ: ޑރ. އަބްދުﷲ ހަލީލް
0 ކޮމެންޓް
 

ހޮސްޕިޓަލަށް ގަދަބާރުން ވަނުން އެއީ ސިޔާސީ ހަރަކާތެއް ނޫން: އިމްރާން

ސްކޫލް ތަކަށާއި ހޮސްޕިޓަލްތަކަށް ގަދަ ބާރުން ވަދެ، ހަމަނުޖެހުން ހިންގުން އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ހޮސްޕިޓަލްތަކާއި ސްކޫލް ފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭނެ ކަންކަން ކަމަށެވެ. އޭގެ އިތުރުން އަމަލު ކުރަން އޮންނަ އުސޫލުން ބޭރުން ކަމެއް ހިންގާފައިވާނަމަ އެކަމެއް ހައްލު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން އެހެން ވިދާޅުވެފައި މިވަނީ ިއއްޔެ ރައީސް ޔާމީންގެ ސަޕޯޓަރުންތަކެއް އައިޖީއެމްއެޗް އަށް އެއްވުމުން އެތަނުން ފޮނުވާލުމަށް ފުލުހުން ޕެޕާސްޕްރޭ ޖަހާފައި ވަނިކޮށެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައީސް ޔާމީން ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ.
ހިޔާލު