MIFCO ah aa CEO eh ayyan kohfi
image
މިފްކޯގެ އާ ސީއީއޯ އިސްމާއިލް ފައުޒީ.
0 ކޮމެންޓް
 

މިފްކޯ އަށް އާ ސީއީއޯ އެއް އައްޔަން ކޮށްފި

ދައުލަތުގެ މަސް ކުންފުނި، މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަކަށް އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްމާއިލް ފައުޒީ އައްޔަން ކޮށްފި އެވެ.
ފައުޒީ އެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެ، މިފްކޯގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. މިފްކޯގެ ސީއީއޯ އަކަށް އައްޔަން ކުރެއްވި އިރު، ފައުޒީ ވަނީ އެ ކުންފުނީގައި 22 އަހަރު މަސައްކަތް ކުރައްވާފަ އެވެ.

ސީއީއޯ އަކަށް ފައުޒީ އައްޔަން ކުރި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ ފާތިމަތު އާޝާން، މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ވަނީ އައްޔަން ކޮށްފަ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ އިންތިހާ އަށް ވަދެގެން ދިޔައިރު، އާ ސަރުކާރުން އަންނަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެސްޓީއޯ އިން އަންނަނީ އެ ކުންފުނީގެ ތެރެއިން ކޮރަޕްޝަން ނައްތާލައި، ހިންގުން ހަރުދަނާ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެސްޓީއޯގެ ހިންގުން ހަރުދަނާ ކުރުމަށް، ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލަކާ އެކު އެ ކުންފުނީގެ ޕްރޮކިއުމެންްޓް ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި އެނާޖީ އަދި ސްޓޭޕަލް ފުޑްސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ރަމްޒީ އަބޫބަކުރު ހުންނެވި މަގާމުތައް އުވުމާ ގުޅިގެން އެ ދެ ބޭފުޅުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
މިފްކޯ އެސްޓީއޯ
ހިޔާލު