Gohraalhu ge vadhaaee show ah thayyarutha?
image
ގޮށްރާޅުގެ ލަވަ "ރާޅެއް ހެން" ގެ މަންޒަރެއް---
0 ކޮމެންޓް
 

ގޮޮށްރާޅުގެ ވަދާއީ ދެޝޯއަށް ތައްޔާރުތަ؟

މިމަހު ހަތަރު ވަނަ ދުވަހު ގޮށްރާޅު ދައްކަން ފަށާފައިވާއިރު އެފިލްމަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފިލްމެކެވެ. ފިލްމު ވަދާއީ ދެ ޝޯއަށް ތައްޔާރީތައް މިހާރު ވަމުން އަންނައިރު އެދެ ޝޯގެ ޓިކެޓު މިހާރު ދަނީ ވިއްކަމުން ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ ބުނެފައެވެ.
ފިލްމުގެ ފަހު ދެ ޝޯ މިމަހު 28 ގައި އާއި އަންނަ މަހު އެކެއްގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް ގޮށްރާޅުގެ 30 ޝޯ ދައްކާފައިވާއިރު 21 ޝޯ ވަނީ ހައުސްފުލް ވެފައި ކަމަށް މޮގާ ވަނީ ބުނެފައެވެ.

ބޮޑު ތަރުހީބެއް ގޮއްރާޅަށް ލިބެމުން އަންނަ އިރު އެފިލްމަކީ ވަރަށް ތަފާތު އަދި ރީތި ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މާ ދިގު ނޫން އެ ފިލްމު ގައި ގިނައިން ފެނުނީ އާ ތަރިންނެވެ. އޭގެ ތެރޭގައި އައިޝަތު ތަސްލީމާ، އައިމިނަތު ރަޝްފާ، އަބްދުﷲ އަޒާން، ހަސަން އިރުފާން (ޒަކިއްޓެ)، ޖުމައްޔިލް ނިމާލް، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފަދަ ތަރިންގެ އެކްޓިން "ގޮށްރާޅު" އިން ފެނިގެންދިޔަ އިރު ބެލުންތެރިން ބުނަނީ ހުރިހާ ތަރިންގެ އެކްޓިން ވެސް ވަރަށް ކުޅަދާނަ ކަމަށެވެ.

މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ އެ ފިލްމުން މުޅިންވެސް ދައްކަނީ މާލޭގެ މަންޒަރުތަކެވެ. އެ ފިލްމަކީ މުޖުތަމައުތެރޭގައި އާންމުވެފައިވާ ބޮޑު މައްސަލައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ހިޔާލު