Anna aharuge kureekolhu Water Theme Park hulhuvanee
image
ހުޅުމާލޭގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކުގެ ކުރެހުމެއް-- ފޮޓޯ: އެޗްޑީސީ
1 ކޮމެންޓް
 

އަންނަ އަހަރުގެ ކުރީކޮޅު ވޯޓާ ތީމް ޕާކު ހުޅުވަނީ

ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކު އަންނަ އަހަރު ހުޅުވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލޭ ބަލަހައްޓަމުން އަންނަ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު، ޕީއެސްއެމަށް ދެއްކި އިންޓަވިއުއެއްގައި ވިދާޅުވީ، ވޯޓާ ތީމް ޕާކުގެ މަސައްކަތް ހަލުވި ކަމާއެކު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ޕާކުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި މުޅިން ނިމޭނެ ކަމަށެވެ.

މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ކުންފުންޏާއި ހަވާލުކޮށްގެން ވޯޓާ ތީމް ޕާކުގެ މަސައްކަތް ކުރަމުން އަންނައިރު މިއީ ރާއްޖޭގައި މިފަދަ ޕާކެއް ތަރައްގީކުރާ ފުރަތަމަ ފަހަރުވެސް މެއެވެ. އެގޮތުން 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރާ އެތަނުގައި 50 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެއީ އެތަނަށް ދާފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

އެ ޕާކު ހިންގުމުގެ މަސައްކަތް އެކުންފުންޏަށް ދީފައި ވަނީ 35 އަހަރަށެވެ.

ހުޅުމާލެއިން ބްރިޖަށް އަރަންދާ މަގުގެ އަތިރިމައްޗާއި ދިމާލަށް ހަދާ ވޯޓާ ތީމް ޕާކުގައި ފެނުގެ އެކި ކުޅިވަރުތައް ކުޅެވޭނެ ވަސީލަތައް ގާއިމުކުރާނެއެވެ. އަދި ވޯޓާ ސްލައިޑްސް އާއި ކުޑަކުދިންގެ ޕޫލެއް ވެސް ގާއިމުކުރާނެއެވެ.
ހުޅުމާލެ
ހިޔާލު

ކާލި

ހާދަ ވަރަކަށް ބައިތުލް މާލުން ވައްކަން ކުރާ ދުވަސްވަރެއް! މީހުން ބަޑުފައިގެން ނޫން ގޮތެއްގައި ބައިތުލް މާލުން އެއްޗެހި ނެގުމަކީ ރަގަޅުގޮތެއްބާ؟ މިހާރުގެ މާލީ ނިޒާމަކީ ރައްޔިތުންގެ ފައިސާ ވިޔަފާރިވެރިން މެދުވެރިކޮށް ޓެކުސްކިޔާ ނަމްބޯޑެއް އަޅުވައިގެން ބައިތުލް މާލަށް ޖަމާކޮށްގެން ބޮޑުން ބައިތުލްމާލުކައި ހުސްކުރުން މިމީހުން ބައިތުލް ކައިހުސްކުރަނީ ވަޒީފާގެ ނަމުގައި ބޮޑު މުސާރަޔާއި ޢިނާޔަތް ނަގައިގެން އަދި އެއްބަޔަކު ޕެންޝަނުގެ ނަމުގައިވެސް ބޮޑު އަދަދުން ފައިސާ އެބަނަގާ، ޤައުމުގެ ޒުވާނުން މިކަންކަމާއި ވިސްނާލުން ރަގަޅު!