Sridevi ge saree bid ah
image
ސްރީދޭވީގެ ސާޅި ބިޑަށް--
0 ކޮމެންޓް
 

ސްރީދޭވީގެ ސާޅި ބިޑަށް

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ސްރޭދޭވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ގައި މަރުވެފައިވާއިރު އޭނާގެ މަރަށް އިއްޔެ އަހަރެއްވެފައިވާތީ އޭނާއަށް އެންމެ ކަމުދާ ސާޅި ބިޑަށް ހުޅުވާލައިފިއެވެ.
އޮންލައިންކޮށް ބިޑު ހުޅުވާލާފައިވާއިރު ބިޑް ފެށިފައި ވަނީ ސާޅީސް ހާސް ރުޕީސް އިން ނަމަވެސް މިހާރު 1,30,000 ރުޕީސްގެ ބިޑެއް ހުށަހަޅާފައިވެއެވެ.

ސްރީދޭވީއަށް އެންމެ ކަމުދާ އެ ސާޅި މެދުވެރިކޮށް ލިބޭ ފައިސާ "ކޮންސާން އިންޑިއާ ފައުންޑޭޝަން" އަށް ހަދިޔާ ކުރުމަށް ކަޕޫރު އާއިލާ އިން ވަނީ ނިންމާފައެވެ. އެ ފައުންޑޭޝަނަކީ އަންހެނުންނާއި ކުޑަ ކުދިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތައުލީމާއި ސިއްހީ އެކި އެކި ކަންކަމަށް މަސައްކަތް ކުރާ ފައުންޑޭޝަނެކެވެ.

ޗެންނާއީގައި މަޝްހޫރު ސާޅި އާއި ގަހަނާ ވިއްކުމުގެ ވިޔަފާރި ކުރަމުންއަންނަ "ޕަރިސެރާ" އާ ގުޅިގެން ސްރީދޭވީގެ އާއިލާއިން ބިޑުގެ ކަންކަން ކުރިއަށް ގެންދާއިރު ބިޑަށް ހުޅުވާލާފައި ވަނީ ދަނބު ކުލައިގެ ކޯޓާ ސާޅިއެކެވެ.

އުމުރުން 54 އަހަރުގައި ސްރީދޭވީ މަރުވީ، ދުބާއީގެ ހޮޓަލެއްގައި ހުރި ބާތުޓަބެއްގެ ތެރެއަށް ގެނބިގެންނެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި ސްރީދޭވީ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ 2017 ވަނަ އަހަރު ނެރުނު ފިލްމު "މަމް" އިންނެވެ. ހަތަރު ބަހުން ނެރުނު އެފިލްމުގެ ލީޑު ތަރި ސްރީދޭވީއަށް 65 ވަނަ ނޭޝަނަލް ފިލްމު އެވޯޑްސްގައި ބެސްޓް އެކްޓްރެސްގެ އެވޯޑު ލިބުނެވެ.
ހިޔާލު