Yameen minivan kohdhinumah edhi idhikolhu coalition in Raees Solih aa badhdhalu koffi
image
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ރައީސް ސޯލިހުއާ ބައްދަލު ކުރެއްވުމަށްފަހު ރައީސް އޮފީހުން ނިކުންނަނީ-- ފޮޓޯ: ރާއްޖެއެމްވީ
7 ކޮމެންޓް
 

ޔާމީން މިނިވަން ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ރައީސްއާ ބައްދަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ބަންދުން މިނިވަން ކޮށްދިނުމަށްއެދި އިދިކޮޅު ކޯލިޝަން ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށް މިއަދު މެންދުރުފަހު 14:30ގައި ރައީސް އޮފީހަށް ވަޑައިގެންނެވީ ޕީޕީއެމާއި ޕީއެންސީގެ އިސްވެރިންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޔާމީން ސަރުކާރުގެ މިނިސްޓަރުން ހިމެނެ އެވެ.

ރައީސް އޮފީހުން ނުކުމެވަޑައިގެން، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވީ ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ރައީސް ސޯލިހާ ބައްދަލު ކުރަން އިދިކޮޅު ފަރާތްތަކުން އެދުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ޔާމީން ހުންނެވީ އެމަނިފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގަ އެވެ. ޔާމީން ޖަލުގައި ބެހެއްޓުމަށް އަމުރު ކުރީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެ މައްސަލާގައި އެމަނިކުފާނު ހެކީންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހަޅަމުންދާކަމުގެ ހެއްކާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ އަމިއްލަ ބޭންކު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަކުރުމުގެ ތުހުމަތުގަ އެވެ.
ހިޔާލު

ފިކުރު

ޕީޕީ ކުދިން އެއުލުއްވަނީ އިބޫ ގުއިރޯނުގައި ޖައްސަން.... މީ ވަރަށްވާހަކަ

ކޭބީ

ޔާމީން ވެރިކަމުގައި ކޯޓުތަކަށް ޔާމީން އަތް ކޮއްޕައިގެން އުޅުނު ސަގާފަތް ދިރުވަން ބާރުއަޅަނީ ދޯ. ރައީސް ސޯލިހު ދިވެހި ރައްޔިތުން ހޮވި އެއްމެ ބޮޑު އެއްސަބަބަކީ ޖުޑިޝަރީ ތެރެއަށް އަތްނުކޮއްޕާ ހުންނަން ވައުދުވެގެން. ކޯޓުން އެއޮތީ އަމުރެއް ނެރެފަ ދެން އެ އަމުރަށް ރައީސް ރައީސް ފައިންއަރާއިފިނަމަ އަނެއް ޔާމީން ވެރިކމަށް ގެނެވުނީކަމަށް ނިންމިދާނެ.

ޓުކޮ

ޜައިސް އޮފީސް ދޮށުގަ ހުއްޓިލާހިތުން ދިޔައީ ދޯ ޓައި އަޅާލައިގެން

ސިމާދު

ރައީސް ޔާމިނު ދޫކޮށްގެންނުވާނެ އޭނާ ވަނީ ވަރަށްބޮދެތި ޖަރީމާ ތަކެށް ހިންގާފައި ހައްގު އަދަބު ލިބެންޖެހޭ.

ކޭބީ

ހީވަނީ އެ ވަޑައިގަން ބޭފުޅުންވެސް އެދިވަޑައިގަންނަވާނީ އެ ޔާމީނު އެއްދައުވާނިނިމުމުގެ ކުރިން އަނެއް ދައުވާ ވީ އެންމެ ގިނަދުވަހަކު އަރާމުކޮށްލައްވަން ގޮޅީގަ ބަހެއްޓޭނެގޮތެއް ވޭތޯހެން.

ޙުސެން

މި އޮތް ބޮޑު ވައްކަން ކުރި ވަގަކު ޖަލުން ނެރެން ރައީސް އާއި ބައްދަލުކުރަން މި މީހުން ދާން އަޅެލަދެއް ވެސް ނުގަނޭބާ؟ ރައީސުލް ޖުމްހޫރިއްޔާ ވަގުން ދޫކޮށް ވައްކަމުގެ މައްސަލަތައް ބަލަން ހުރަސް އަޅުއްވާނެ ކަމަށް މި މީހުން ހީކުރަނީ ކީއްވެގެން ބާވައެވެ؟

ހަތާ

ދިވެހި ރއްޔިތެއްގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާގެ އަރިހުގައި އަޅުގަނޑު އާދޭސް މިދަންނަވަނީ ޔާމީން ހައްޔަރު ކުރެއްވީ މަނިކުފާން ކަމަށްވާނަމަ އަވަހަށް ޔާމީން ދޫކޮށްލުމަށް. އަދި ޝަރުޢީ ނިޒާމްގެ ތެރެއިން ކަމަށްވާނަމަ އެކަމުގެ ތެރެއަށް މަނިކުފާން އަތްޕުޅު ނުބޭނުއްވުމަށް. ބަޔަކު ކޮށިއަރައިގެން އުޅުއްވިޔަސް މަނިކުފާން ޤާނޫނީ ތަރަހައިގެ ތެރޭގައި ސާބިތުވެ ހުއްނެވުމަށް