PSM ge dharani 200 million gai, BIG ah 30 million dhahkaifi
image
ޕީއެސްއެމްގެ މިދިޔަ ދައުރުގެ ބޯޑްގެ ބައެއް ވެރިން: ޕީއެސްއެމް ފައިލް ފޮޓޯ
4 ކޮމެންޓް
 

ޕީއެސްއެމްގެ ދަރަނި 200 މިލިއަންގައި، ބިގަށް 30 މިލިއަން ދައްކައިފި

ޕަބްލިކް ސާރވިސް މީޑިއާ ޕީއެސްއެމްގެ މިހާރުގެ ބޯޑުން އެކުންފުންޏާއި ހަވާލުވިއިރު، އެކުންފުނީގައި 200 މިލިއަން ރުފިޔާއަށްވުރެ ބޮޑު ދަރަންޏެއް މިހާރު އެބައޮތް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 30 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު މިރޭ ވިދާޅުވެއްޖެއެވެ.
ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިޔަން ރުފިޔާ ދައްކަން ޖެހެއެވެ. އެފައިސާއަކީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ނަމުގައި ދައުލަތުގެ މީޑިއާ ނިންގިއިރު، ހޯދާފައިވާ ހިދުމަތައް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވުމުން ޖޫރިމަނަ ފައިސާއާއި އެކު އަރާފައިވާ ބޮޑު އަދަދެކެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ނަމުގައި ހިންގަމުން ގެންދިޔަ ދައުލަތުގެ މީޑިއާ ރައީސް ވަހީދުގެ ވެރިކަމުގައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން. އެމްބީސީގެ ދަށަށް ބަދަލުކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އަނެއްކާ ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމް އުފައްދާ އެކުންފުނީގެ ދަށަށް ދައުލަތުގެ މީޑިއާ ބަދަލު ކުރިއެވެ.

ދައުލަތުގެ މީޑިއާއިން ހޯދާފައިވާ ފަސް މިލިއަން ރުފިޔާގެ ހިދުމަތައް 78 މިލިއަން ރުފިޔާ އަރާފައިވަނީ އެ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއް ވުމުންނެވެ. އަދި އެ ފައިސާ ދެއްލުމަށް 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކުރުމުންވެސް ފައިސާ ނުދައްކާ އަދި އިސްތިއުނާފް ކުރުމުގެ މުއްދަތު ދިޔައިރުވެސް އެ ހުކުން މަތީމަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްވެސް އޭރުގެ ބޯޑުން ނުކުރެއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު މިރޭ ވިދާޅުވީ އާ ބޯޑުން ހަވާލުވިއިރު ބިގަށް ދައްކަން ޖެހޭ ފައިސާއާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ދައުލަތުގެ އެކި އިދާރަތަކަށް ދައްކަން ޖެހޭ ފައިސާ ހިމަނައިގެން ޕީއެސްއެމްގައި 200 ވަރަކަށް މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތް ކަމުގައެވެ. އެ ދަރަނިތައް މިހާރު ދައްކަން ފަށާފައިވާއިރު އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދައްކަނީ އެ ފައިސާ ދައްކަން ޖެހޭނީ ޕީއެސްއެމުންކަމަށް ޕްރައިވެޓަޒައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން އެންގުމުން ކަމުގައެވެ.

އަލީ ހާލިދު ވިދާޅުވީ ބިގަށް ދައްކަންޖެހޭ ބޮދު ދަރަކީގެ އިތުރުންވެސް އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ 14 މިލިޔަން ރުފިޔާއާއި އެސްޓީއޯއަށް ދައްކަންޖެހޭ 24 މިލިޔަން ރުފިޔާއާއި ސްޓެލްކޯއަށް ދައްކަން ޖެހޭ 17 މިލިޔަން ރުފިޔާގެ އިތުރުންވެސް އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި ޕީއެސްއެމްގައި އެބަ އޮތް ކަމުގައެވެ.
ދަރަނި ޕީއެސްއެމް
ހިޔާލު

އަހުމަދު

މިއޮތްހުރިހާ ދުވަހު ޕީއެސްއެމްގެ ވެރިންނަށް ތިބިމީހުން ކޮބާ.. އެމީހުން މުސާރަދީފަތިބީ ކޮއެއްކުރަންބާ... ކަންކަމުގައި ފަރުވާކުޑަކުރާ ވެރިންނަށް ފިޔަވަޅު އަޅުއްވާ ނިކަމެތި މުއައްޒަފުން ނަށް ފިޔަވަޅު އަޅުއްވާފަދައިން ވެރިން ޒިންމާދާރުކުރުވަންޖެހޭ.

ދުމައިން

ދަރަނި ދެއްކީ ލޯނުނަގައިގެން. މިނިސްޓަރު ފައްޔާޒުގެ ކުންފުންޏަކަށް ދައްކންވެގެން ލޯނުނަގައިގންވެސް ތި ދައްކަނީ. ބިގް އަކީ ފައްޔާޒުގެ ކުންފުންޏެއް.

ފަޔާ ބްރޯ

އިކޮނޮމިކް މިނިސްޓަރު ފަޔާއަށް ޗެމްޕޭންގަ ބަހާލަން ލާރިފޮދެއް ދިނީދޯ

ޒުބައިރު

ވެރިކަން ޙަވާލުކުރަނީ ވައްކަން ކުރާކަށް ނުން.