Dream Girl nerey dhuvas iulaanu koffi
image
އަޔުޝްމަން ކުރާނާ---
0 ކޮމެންޓް
 

"ޑްރީމް ގާލް" ނެރޭ ދުވަސް އިއުލާނުކޮށްފި

ބޮލީވުޑު އެކްޓާ އަޔުޝްމަން ކުރާނާގެ ކުރިއަށް އޮތް ފިލްމު "ޑްރީމް ގާލް" ނެރޭ ދުވަސް އިއުލާނުކޮށްފިއެވެ.
އަޔުޝްމަނާއި ނުޝްރަތް ބަރޫޗާ ލީޑު ރޯލުން ފެނިގެންދާ އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ އެފިލްމަކީ ކޮމެޑީ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު ޕޯސްޓަރުތައް މިދިޔަ އަހަރު ދައްކާލާފައިވާއިރު އެޕޯސްޓަރުތަކުން އަޔުޝްމަން ފެނިގެންދަނީ ސާޅި އަޅާފައި ހުރި މަންޒަރެވެ. ފިލްމު ވަރަށް ތަފާތު ވާނެ ކަމަށް ފިލްމު އުފެއްދުންތެރިން ވަނީ ބުނެފައެވެ. ފިލްމުގައި އަޔުޝްމަން އާއި ނުޝްރަތުގެ އިތުރުން އަރްބާޒު ހާނާއި ސުމޯނާ އަދި މަންޖޯތު ސިންގް ފެނިގެންދާނެއެވެ.

އުމުރުން 34 އަހަރުގެ އަޔުޝްމަން މިދިޔަ އަހަރު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައިވާއިރު އެދެފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. އެދެ ފިލްމަކީ "އަންދާދުން" އާއި "ބަދާއި ހޯ"އެވެ.

އުމުރުން 33 އަހަރުގެ ނުޝްރަތު އެންމެ ފަހުން ފެނިގެން ދިޔައީ "ސޯނު ކެ ޓީޓޫ ކި ސުވިޓީ" އިންނެވެ. އަދި އޭނާ މިހާރު ވަނީ ހަންސަލް ޑައިރެކްޓު ކުރާ ފިލްމު "ތުއްރާމް ހާން" ގައި މަސައްކަތް ކުރަން ނިންމާފައެވެ.
ހިޔާލު