Taimur aai e budhaa ehves vahthareh noon: Kareena
image
ކަރީނާ އާއި ތައިމޫރު---
1 ކޮމެންޓް
 

ތައިމޫރު އާއި އެބުދާ އެއްވެސް ވައްތަރެއް ނޫން: ކަރީނާ

ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާނާ ވައްތަރު ކަމަށް ބުނާ ބުދު، ތައުމޫރާ އެއްވެސް ވައްތަރެއް ނޫން ކަމަށް ކަރީނާ ބުނެފިއެވެ.
ކަރީނާ އެހެން ބުނެފައިވަނީ ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅާ، ކޮފީ ވިތު ކަރަން، ސީޒަން ހައެއްގެ ޝޯ ތެރެއިންނެވެ. އެގޮތުން ކަރީނާ ބުނީ އެބުދުގެ ލޮލުގައި ހުރީ ތަފާތު ކުލައެއް ކަމަށާއި އިސްތަށިގަނޑުގެ ވެސް ތައިމޫރުގެ އިސްތަށިގަނޑާ ވައްތަރު ނޫން ކަމަށެވެ. އަދި އެބުދު ލާފައި ހުރި ހެދުން ވެސް ތަފާތު ކަމަށް ކަރީނާ ވަނީ ބުނެފައެވެ.

ކަރީނާ ބުނިގޮތުގައި އެބުދު ތައިމޫރާ އެއްވެސް ވައްތަރެއް ނޫނެވެ. އަދި އެބުދު ވައްތަރީ "ޗައިލްޓު ޕްލޭ" އިން ފެނިގެން ދިޔަ ބިރުވެރި ބުދު ކަމަށްވާ "ޗަންކީ" އާ ކަމަށް ވެސް ކަރީނާ ވަނީ ބުނެފައެވެ.

އުމުރުން ދެ އަހަރުގެ ތައިމޫރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. ދާދި ފަހުން ތައިމޫރުގެ ނަމުގައި ފިލްމެއް ވެސް ހަދަން ވަނީ ނިންމާފައެވެ. ފިލްމު އުފެއްދުންތެރިޔާ މަދުރް ބަންޑާކަރް 'ތައިމޫރު އަލީ ހާން' ގެ ނަމުގައި ފިލްމެއް ހެދުމަށްޓަކައި އެނަން މިހާރު ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ސައިފާއި ކަރީނާ އާ އެއް ފަދައިން ތައިމޫރަށް ވެސް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު އޭނާގެ ސަލާމަތީ ކަންކަމާއި އޭނާގެ މައިންބަފައިން ވަރަށް ކަންބޮޑުވެއެވެ. އެހެންކަމުން އޭނާއަށް ބޮޑީގާޑެއް ހޯދުމުގެ މަސައްކަތް އޭނާގެ މައިންބަފައިން ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.
ހިޔާލު

ދަރިފުޅު

މަގޭ ދަރިފުޅު ތައިމޫރް. އެ ސޮރު ބަލަހައްޓަން ދާން މަމިހުރީ ތައްޔާރަށް