Imaaraathakun lakundi burieh vehti ethanugai masaikaiy kuran thibi meehun filaifi
image
އިމާރާތް ކުރަމުންދާ ތަނަކުން ލަކުނޑި ބުރިއެއް ވެއްޓުން-- ފޮޓޯ: ހަފްތާ
1 ކޮމެންޓް
 

އިމާރާތަކުން ލަކުނޑި ބުރިއެއް ވެއްޓި އެތަނުގައި މަސައްކަތް ކުރަން ތިބި މީހުން ފިލައިފި

މާފަނުންނުގައި ހަދަމުން އަންނަ އިމާރާތަމުން ލަކުނޑި ބުރިއެއް ވެއްޓި، އެތަނުގައި މަސައްކަތް ކުރަން ތިބި ބިދޭސީން ފިލައިފިއެވެ.
ފުލުހުން ބުނީ، ޝަހީދު އަލީ ހިނގުމުގައި ހުންނަ ރާނބާ ރެސްޓޯރެންޓު ކައިރީ ހަދަމުން އަންނަ އިމާރާތަކުން ލަކުނޑި ފަތިބުރިއެއް ވެއްޓުނީ އެތާ ކައިރިން ހިނގާފައި ދިޔަ މީހެއްގެ ކުރިމައްޗަށް ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެތަނުގައި މަސައްކަތް ކުރާ މީހުން ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ ކޮންސްޓްރަކްޝަން ސައިޓަށް ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލުން ވެސް ގޮސް ބަލާފައިވާއިރު އެމައްސަލަ އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވާ މިންވަރު އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ ފަހުކޮޅު އިމާރާތް ކުރަމުން އައި ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖަކު މަރުވެފައިވެއެވެ. އަދި ދާދިފަހުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތަކުން ގާބުރިއެއް ވެއްޓި ވެސް ބިދޭސީއަކު މަރުވެފައިވެއެވެ.


ހިޔާލު

Madam

ތި ދެން ކިހާ ދެރަކަމެތަ.ތިކަން ކަން ވެޖެއް ދޯ ތަންކޮޅެ ފަރުވާ ބަހަޓާގެން ބަލަން.😡