Saif ge kureege Anbi meehaa aa adhi bahdhaleh nuvey: Kareena
image
ކަރީނާ ކަޕޫރް އާއި ސާރާ އަދި އޭނާގެ މަންމަ، އަމްރިތާ--
0 ކޮމެންޓް
 

ސައިފުގެ ކުރީގެ އަނބިމީހާއާ އަދި ބައްދަލެއް ނުވޭ: ކަރީނާ

ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް މިހާރު ހަ އަހަރަށް ވުރެ ދުވަސްވެފައިވާއިރު ސައިފުގެ ކުރީގެ އަންހެނުން އަދި ބަތަލާ އަމްރިތާ ސިންގްއާ ބައްދަލުވެފައި ނުވާކަމަށް ކަރީނާ ބުނެފިއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު ސައިފް އާއި އަމްރިތާ ކައިވެނިކުރިއިރު އެމީހުންގެ ކައިވެނި ރޫޅުނީ ދެހާސް ހަތަރު ވަނަ އަހަރެވެ. އެކަމަކު އޭރު ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެއެވެ. އަދި ދެމީހުން ވަކިވި ނަމަވެސް ދަރިންނަށް އެކަމުގެ އަސަރު ކުރިޔަ ދީފައެއް ނުވެއެވެ.

އުމުރުން 38 އަހަރުގެ ކަރީނާ، ބޮލީވުޑުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ހުށަހަޅަމުން އަންނަ "ކޮފީ ވިތު ކަރަން" ސީޒަން ހައެއްގެ އެންމެ ފަހު އެޕިސޯޑުގައި ޕްރިޔަންކާ ޗޯޕްރާއާއެކު ބައިވެރިވެފައިވާއިރު ކަރަން ވަނީ ސައިފުގެ ކުރީގެ އަނބިމީހާ އަމްރިތާއާ ގުޅިގެން ވެސް ސުވާލުކޮށްފައެވެ. ޖަވާބުގައި ކަރީނާ ބުނީ، އަމްރިތާއަށް ވަރަށް އިހުތިރާމު ކުރާ ކަމަށާއި އެކަމަކު، އަދި ދުވަހަކު ވެސް އޭނާއާ ބައްދަލުނުވާ ކަމަށެވެ. އެއާއެކު ކަރަންއަށް ވެސް ހައިރާންކަން ގެނުވި ނަމަވެސް ކަރީނާ އިތުރަށް ބުނީ، އޭނާ ސައިފްއާ ކައިވެނިކުރީ އެމީހުން ވަރިވިތާ އެތައް އަހަރެއް ފަހުން ކަމުން ކަމަށެވެ.

އަމްރިތާ އާއި ކަރީނާއާ ކައިވެންޏަށް ފަހު ބައްދަލު ނުވި ނަމަވެސް ކަރީނާ ފާހަގަކުރެވިފައި ވަނީ ސައިފުގެ އެންމެ ދޮށީ ދެ ދަރިންނާއި ވެސް ވަރަށް ގާތް ފަންނާނެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ދެކެނީ އެމީހުންނަކީ ވެސް ގާތް ރަހުމަތްތެރިންގެ ގޮތުގައި ކަމަށް ކަރީނާ ބުނާއިރު ސާރާ ވެސް ވަނީ ކޮފީ ވިތު ކަރަންގައި ބައިވެރިވެ، ކަރީނާއަކީ ގާތް ރަހުމަތްތެރިއެއް ކަމަށް ބުނެފައެވެ. އަދި ބައްޕަގެ ދެވަނަ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް އެދުނީ މަންމަ ކަމަށާއި އެ ހަފުލާއަށް ދިއުމަށް ތައްޔާރުކުރީ ވެސް މަންމަ ކަމަށް ސާރާ ވަނީ އެޝޯގައި ހާމަކޮށްފައެވެ.
ހިޔާލު