Kareena beynunvanee ranbir ge mi thin loabiverin eh kotariehgai bandhu kuran
image
ކަރީނާ އާއި ދީޕިކާ އަދި އާލިއާގެ އިތުރުން ކެޓްރީނާ--
0 ކޮމެންޓް
 

ކަރީނާ ބޭނުންވަނީ ރަންބީރުގެ މި ތިން ލޯބިވެރިން އެއް ކޮޓަރިއެއްގައި ބަންދުކުރަން

ބޮލީވުޑުގެ މަޝްހޫރު ތިން ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް އެއް ކޮޓަރިއެއްގައި ބަންދުކޮށްލަން ވަރަށް ބޭނުންވާ ކަމަށް މަޝްހޫރު ތަރި ކަރީނާ ކަޕޫރު ބުނެފިއެވެ.
ކޮފީ ވިތު ކަރަންގެ އެންމެ ފަހު އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ކަރީނާ އާއި ޕްރިޔަންކާ ޗޯޕްރާއެވެ. މީގެ ކުރިން ވެސް އެދެ ތަރިން ވަނީ އެ ޝޯގައި ބައިވެރިވެފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ދެއްކި އެޝޯގައި ކަރީނާ އާއި ޕްރިޔަންކާ ވެސް ވަނީ އެމީހުން ދިރިއުޅުމާއި ގުޅޭގޮތުންނާއި ކުރީގެ ލޯބިވެރިންނާއި ގުޅިގެން ވެސް ވާހަކަ ދައްކާފައެވެ.

ޝޯގެ ރެޕިޑް ފަޔާ ރައުންޑުގެ ތެރެއިން ކަރަން ވަނީ ކޮޓަރިއެއްގައި ބަންދުކޮށް އެންމެ ބަލަން ބޭނުމީ ކޮން ދެ ތަރިންނެއްގެ ޑްރާމާ ސީންއެއްތޯ ސުވާލުކޮށްފައެވެ. އަދި ކަރީނާ ވަނީ ތިން ނަމެއް ބުންޏަސް އެންމެ ރަނގަޅުތޯ އަހާ ދީޕިކާ އާއި އާލިއާގެ އިތުރުން ކެޓްރީނާގެ ނަން ބުނެފައެވެ.

ދީޕިކާ އާއި ކެޓްރީނާ އަކީ ކަރީނާގެ ކޮއްކޮއެއް ކަމަށްވާ، ރަންބީރު ކަޕޫރު ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިންނެވެ. އަދި އާލިއާއަކީ ރަންބީރު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތެވެ.

ދީޕިކާ އާ ރައްޓެހިވެގެން އުޅެމުން ރަންބީރު ކެޓްރީނާއާ ރައްޓެހިވިރު އެކަމުގެ ސަބަބުން ދީޕިކާ އާއި ކެޓްރީނާގެ މެދުގައި މައްސަލަތައް ޖެހުނެވެ. އަދި ރަންބީރް އާއި ކެޓްރީނާ ރުޅިވީ، ދީޕިކާ އާއި ރަންބީރު އެކުގައި ފިލްމެއް ކުޅުނު ހިސާބުންނެވެ. އޭގެ ފަހުން ކެޓްރީނާ ހުރީ ހުސްކޮށެވެ. އަދި ދީޕިކާ މިހާރު ރަންވީރު ސިންގްއާ ކައިވެނިކޮށްގެން އުޅޭއިރު އެމީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުވެ، ދެމީހުން އެކުވެރިވީ ދީޕިކާ އޭނާގެ ކައިވެންޏަށް ކެޓްރީނާއާ ދައުވަތު ދިނުމުން އޭނާ އެ ދައުވަތު ގަބޫލުކުރި ހިސާބުންނެވެ. މިހާރު ސޯޝަލް މީޑިއާގައި ވެސް އެމީހުން އަންނަނީ އެކަކު އަނެކަކު ފޮލޯ ކުރަމުންނެވެ.
ހިޔާލު