Ishqbaaz dhehkun huttalaneetha?
image
ނަކުލް އާއި ނީތި---
0 ކޮމެންޓް
 

އިޝްގުބާޒް ދެއްކުން ހުއްޓާލަނީތަ؟

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "އިޝްގްބާޒް" ދެއްކުން ހުއްޓާލަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެޝޯ ހުއްޓާލަން ނިންމާފައިވަނީ ބެލުންތެރިންގެ ތަރުހީބު ކުޑަވުމުގެ ސަބަބުންނެވެ. އެގޮތުން ބެލުންތެރިންގެ ތަރުހީބު ކުޑަވެފައިވަނީ ޝޯގެ އާ ޖެނަރޭޝަނަށް ފެށުމާ ގުޅިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ޝޯ ވަރަށް އަވަހަށް ހުއްޓާލާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނި ނަމަވެސް އެކަމާ ގުޅިގެން ޝޯގެ އުފެއްދުން ތެރިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޝްގްބާޒް ގައި އާ ޖެނަރޭޝަނެއް މިހާރު ފަށާފައިވާއިރު އެ ޝޯގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ ފަންނާނުން ވަނީ އެޝޯ ދޫކޮށްލާފަ އެވެ. އާ ޖެނެރޭޝަނާއެކު އެސީރީޒްގައި ފެނިގެން ގޮސްފައިވަނީ ކުރިން ފެންނަ ތަރިންގެ ތެރެއިން ހަމައެކަނި ނަކުލް މެހެތާ (ޝިވާއީ) އެކަންޏެވެ.

ޝިވާއީ އާއި އަނިކާގެ ދަރި، ގެ ރޯލުން ނަކުލް ފެނިގެންދާއިރު އެޝޯއިން މީގެ ކުރިން ލީޑު ރޯލުން ފެނިގެން ދިޔަ އަނިކާ އެޝޯއިން ވަކިވުމާ ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައިވައިވެއެވެ.

އާ ޖެނަރޭޝަނުގެ ލީޑު ބަތަލާއަށް ފުރަތަމަ އޭސީޕީ އަދިއްތީ ދޭޝްމުކްގެ ރޯލުން މަންޖިރީ ފެނިގެންދިޔަ ނަމަވެސް ތަރުހީބު ކުޑަވުމުގެ ސަބަބުން އެރޯލަށް ވަނީ ބަދަލުގެނެސްފައެވެ. އަދި އެއަށްފަހު ލީޑު ބަތަލާގެ އެރޯލަށް ވަނީ އެކްޓަރެސް ނީތި ޓޭލާ ހަމަޖައްސާފައެވެ.

އިޝްގްބާޒް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެ ސީރީޒަކީ ތިން ބެއިންގެ ހަޔާތުގެ މައްޗައް ހަދާފައިވާ ސީރީޒެކެވެ. ނީތި މީގެ ކުރިން ވަނީ "ކެއިސީ ޔޭ އާރިޔަން" ގައި ނަންދިނީ ގެ ރޯލުން ފެނިފައެވެ.
ހިޔާލު