Kuramathi Resort gai moodhah erunu fathuruveriaku maru vejje
image
ކުރަމަތި ރިސޯޓް
1 ކޮމެންޓް
 

ކުރަމަތި ރިސޯޓްގައި މޫދަށް އެރުނު ފަތުރުވެރިއަކު މަރުވެއްޖެ

އއ ކުރަމަތި އައިލެންޑް ރިސޯޓްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ފުލުހުންބުނީ ގެނބިގެން މަރުވެފައިވަނީ އުމުރުން 60 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމުގައެވެ. ޖަރުމަނު ވިލާތައް ނިސްބަތްވާ އެމީހާ ގެނބިގެން މަރުވިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:50 އެހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.

ކުރަމަތި ރިސޯޓްގައި މޫދަށް އެރިއުޅެނިކޮށް މިއަދު ފަތުރުވެރިއަކު މަރުވެފައިވާއިރު މި ފަހަކަށް އައިސް މިފަދަ ހާދިސާތައް ހިނގުންވަނީ ވަރަށް ބޮޑަށް އާއްމު ވެފައެވެ.
ހިޔާލު

އައްލާބެއްޔާ

ޓުރަރިޒަމް މިނިސްޓަރަކަށް ހުރިމީހާ މިހާރުން މިހާރަށް އިސްތިޢުފާ ދީފައި ކަރާހައްދަން ދާންވީ!
މިމީހުން ބޮޑު ބައިސާ ކަނޑާފައި ކުރެވޭ އެއްކަމެއްވެސްނެތް؟ ރިސޯޓް އޯނަރުންގެ ދަށުވެފަ ހުރި ވައްތަރު ޖަހަނީ!