Mariya ge ithubaaru neiykamuge mahsala husha'halhaifi
image
މީގެ ކުރިން ރާއްޖޭގައި ހުންނެވި އިންޑިއާ ސަފީރު އަދި މާރިޔާ: ޑިފެންސް ފައިލް ފޮޓޯ
1 ކޮމެންޓް
 

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ފަރާތްތަކުން އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިންޑިއާގެ އަސްކަރިއްޔާއަކީ ވަރުގަދަ އަސްކަރިއްޔާއެއްކެމަށާއި އިންޑިއާއިން ބޭނުންވެއްޖެ ނަމަ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެ އެޤައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން މާރިޔާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މާރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރެއްވި ކަމުގައެވެ.

ނަމަވެސް ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރެއް ކަނޑަނޭޅި އޮތުމުން އެކަން ކާމިޔާބު ނުވި ކަމަށާއި އެހެންކަމުން އިދިކޮޅު މެމްބަރުން ސޮއި ކުރައްވާ މިއަދު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވާނެކަމަށް ނިހާން ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖެ ހިފިދާނެކަމަށް މާރިޔާ ވިދާޅުވުމުން މީގެކުރިންވަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް މާރިޔާއާއި ސަރުކާރަށް އަމާޒުވެފައެވެ.
ހިޔާލު

ނަށި

ތީކަން ކުރަން ލަސްވެސް ވެއްޖެ