107 Fandiyaarunge petition eh JSC ah
image
ފަނޑިޔާރުންގެ މަހާސިންތާގެ ތެރެއިން: ފައިލް ފޮޓޯ
6 ކޮމެންޓް
 

107 ފަނޑިޔާރުންގެ ޕެޓިޝަނެއް ޖޭއެސްސީއަށް

ރާއްޖެގެ އެކި ކޯޓްތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނާއި މެޖިސްޓްރޭޓިން ހިމެނޭގޮތަށް 107 ފަނޑިޔާރުން ސޮއި ކުރައްވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށްޕެޓިޝަނެއް ހުށަހަޅުއްވައިފިއެވެ.
ފަނޑިޔާރުންގެ ކަނބޮޑުވުންތަކާއި އެކު ޖޭއެސްސީއަށް ހުށަހެޅުއްވި ޕެޓިޝަންގައި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމާއި ބައެއް އެލަވަންސްތައް ބައެއް ފަނޑިޔާރުންނަށް ނުލިބޭކަން ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން މިހާރު ފަނޑިޔަރުންނަށް މުސާރައާއި އެލަވަންތައް ދޭ އޮނިގަނޑަކީ މީގެ ނުވަ އަހަރު ކުރިން ފާސްކޮށްފައިވާ އޮނިގަނޑެއްކަން ފާހަގަކޮށް އެކަން ހައްލުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން މާލޭގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް ކޯޓް ފަޓުލޫނާއި ފޯން އެލަވަންސް ދޭކަން ފާހަގަކޮށް އެފަދަ އެލަވަންސް މެޖިސްޓްރޭޓުންނަށް ނުލިބޭކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.

ފަނޑިޔާރެއްގެ ނުރުހުމުގައި ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ނުކުރުމަށްވެސް ޕެޓިޝަންގައި އެދިފައި ވެއެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ މަޤާމު ގެއްލުވާލުމަށް އަމާޒުކޮށް ޕީޕީއެމުން ފަނޑިޔާރުންގެ ޤާނޫނަށް ގެނެސްފައިވާ ފަސް ވަނަ އިސްލާހާއިމެދުވެސް ޕެޓިޝަންގައިވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ އިސްލާހަކީ ނިހާއީ ހުކުމަކާއި ހިސާބަށް ނުދިޔަ ނަމަވެސް ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ މަޤާމު ގެއްލޭ އިސްލާހެކެވެ. ފަނޑިޔާރުންގެ ޕެޓިޝަންގައިވަނީ މަޤާމުގެ ރައްކާތެރިކަމާއިމެދު ކަށަވަރުކަން ލިބިދޭން އެދިފައެވެ.

މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަ ސްކީމްތަކުގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް ފަނޑިޔާރުންނަށް އެފަދަ ފުރުސަތު ނެތްކަންވެސް ޕެޓިޝަންގައި ފާހަގަ ކޮށްފައި ވެއެވެ.


ހިޔާލު

އަހުމަދު

ސަރުކާރުގެ އެހެންދާއިރާތަކުގެ މުއައަޒަފުންގެ މުސާރަ ބޮޑުކުރިވާހަކަ ދައްކާއިރު މިހާރުވެސް ތިޔަދާއިރާގެ މަސައްކަތު މީހުނަށްވެސް ލިވިންގ އެލެވެންސް އާއި އެހެނިހެން ފައިސަ ދިނީމަ ޑިރެކްޓަރެއ3ްގެ މުސާރަލިބޭ... މަސައްކަތު މީހުންގެ މުސާރަ މިހާރުވެސް މިއުޅެނީ ފަސްހާސް ރުފިޔާ ހަމަނުވބެގެން....

ޟަމީރު

ވ. ރަނގަޅު ފަނޑިޔާރުން އެބަތިއްބެވި.
ނުހައްގުން ބަޔަކުނކަންކަން ކުރުމަކީ ރަނގަޅު ގޮތުގަ ތިބި ބަޔެއްގެ ޙައްގު ގެއްލެންޖެހޭ ކަމެއް ކަމަކަށް ނުދެކެން.

ޅަބޭބާ

އެހެން ދާއިރާތަކާއި ހަމަހަމަ މުސާރައެއް ދޭން ފެނޭ! ތީ ޤައުމުގެ ހަލާކުކުރާ ދާއިރާ!

ޒުބޭރު

ބްރޯ އީޒީ މަނީ.. ފަނޑިޔާރު ކަން މަޖްލިސް މެމްބަރުކަން މިނިވަން މުއައްސަސާ ތަކުގެ މެމްބަރުކަން ހަކުރު ވިއްކުން..

ޝާހިދު

މި ޤައުމުގެ ޚަޒާނާ އެއްކޮށް ފަނޑިޔާރުންނަށާ މަޖްލިސް މެމްބަރުންނަށް ދޭން ޕެޓިޝަނެއް ހަދާ ބަލަ.. އާދައިގެ ސިވިލްސަރވަންޓަކު ކުރާ މަސައްކަތާ ގާތަށް ވެސް ތި އިން މީހަކު މަސައްކަތެއް ކުރަނީ ކީ ނޫން..

ޖައުފަރު

އަހަރެމެން ހުރިހާ ރައްޔިތުން ތިޔަ ޖޭއެސްސީ އަށް ފަނޑިޔާރުން އިސްލާހްކުރަން ޕެޓިޝަން ހުށަހަޅާ ހަޅާ މިތިބީ ބަލިވެފަ. އަދުލު އިންސާފު ޤާއިމު އެބަކުރެވޭތޯ؟ ގަދަމީހާއަށް ގިނައިން އެތިކޮޅުދޭމީހާއަށް ހުކުމްވިއްކުން ނޫންކަމެއް ތިޔަ ކޯޓުތަކުން އެބަކުރެވޭތޯ. އަދި އެވަރުންވެސް ނުވެގެން ރައްޔިތުންގެ ފައިސާއިން ފުލެޓާ، ބޮޑުމުސާރައާ، ކޯޓުއެލަވަންސާ އަނެއް އެލަވެންސެއް ނުލިބިގެންތިޔަ އުޅެނީ. ފުރަތަމަ އިސްލާހްވެ، އިސްލާހްކުރުން މާރަނގަޅެއްނޫންތޯ؟