Mugahrirukamun Rozaina vakikurumah husha'halahifi
image
ރޮޒައިނާ މަޖިލިސް ޖަލްސާއެއްގައި: މަޖިލިސް ފައިލް ފޮޓޯ
0 ކޮމެންޓް
 

މުގައްރިރުކަމުން ރޮޒައިނާ ވަކިކުރުމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ގެ މަޤާމުގައި ހުންނެވި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެކޮމެޓީގެ މުޤައްރިރުކަމުން ވަކިކުރުމަށް އިދިކޮޅު ޕީޕީއެމުން ހުށަހަޅައިފިއެވެ.
ރޮޒައިނާ އެމަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ބޭއިންސާފުން ކަންކުރަމުން ގެންދާކަމަށް ބުނެ، އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހެޅުމުން އެކަން ކުރިއަށް ނުގެންދެވޭނެކަމަށް ރޮޒައިނާ ކަނޑައެޅުއްވުމުން ނެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރުންގެ ބައްދަލު ވުމެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ އެކްޓިން ސީޕީ ހަމީދު އާއި ޕީޖީ ބިޝާމް ކޮމެޓީއަށް ހާޒިރުކުރުމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކޮމެޓީގެ މުޤައްރިރު ރޮޒައިނާ ނިންމަވާފައިވާ ކަމުގައެވެ.

އަންދުއްރަހީމް ވިދާޅުވީ ރޮޒައިނާގެ ނިންމުމާއި ގުޅިގެން އެކޮމެޓީގެ މުޤައްރިރުކަމުން ރޮޒައިނާ ވަކިކުރުމަށް މިހާރު ހުށަހަޅުއްވާފައިވާ ކަމިގައެވެ.

ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ޕީޕީއެމްގެ ފަސް މެމްބަރުން ތިއްބަވާއިރު، އެމްޑީޕީގެ ތިން މެމްބަރުންނާއި ޖޭޕީގެ ތިން މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރަކު އިންނަވައެވެ. އެހެން ކަމުން ޖޭޕީ ނުވަތަ އެމްޑީއޭގެ މެމްބަރުންގެ ވޯޓް ނުލިބި ކޮމެޓީގެ މުޤައްރިރުކަމުން ޒޮރައިނާ ވަކިކުރަން ޕީޕީއެމަށް އުނދަގޫވާނެ އެވެ.
ހިޔާލު