Priyanka aai Nick ge album eh genesdheny
image
ޕްރިޔަންކާ އާއި ނިކް...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

ޕްރިޔަންކާ އާއި ނިކްގެ އަލްބަމެއް ގެނެސްދެނީ

މިދިޔަ އަހަރު ފަހުކޮޅޫ ކައިވެނި ކުރި ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސްގެ ދެމަފިރިން ވެގެން ލަވަ އަލްބަމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތަކުން އެހެން ބުނި ނަމަވެސް އެ ދެމަފިރިން މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ނިކް ލަވަ ކޔުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އައި ނަމަވެސް ޕްރިޔަންކާ ވަނީ ބައެއް އިނގިރޭސި ލަވަތައް އޭނާގެ އަޑުން އަޑު އިއްވާލުމަށްފަހު މަޑު ޖައްސާލާފައެވެ.

ޕްރިޔަންކާ ކިޔައި މަގުބޫލުކަން ހޯދި ބައެއް ލަވަ ތަކުގެ ތެރޭގައި، "އެކްޒޯޓިކް" އާއި "އިން މައި ސިޓީ" ގެ އިތުރުން "އައި ކާންޓް މޭކް ޔޫ ލަވް މީ" ފަދަ ލަވަތައް ހިމެނެއެވެ.


ކައިވެންޏަށް ފަހު މިހާރު ދެ ދެ ތަރިން ވެސް ވަނީ އަނެއްކާވެސް މަސައްކަތުގައި ބިޒީވާން ފާށާފައެވެ. ޕްރިޔަންކާ އެންމެ ފަހުން ފެނުނީ މި މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ގެނައި ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް؟" އިންނެވެ.

އޭނާގެ ފިލްމު ތަކެއް ކުރިއަށް ވެސް ހުރި އިރު މި އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ރިލީޒްކުރާ "ދަ ސްކައި އިޒް ޕިންކް" އިން ވެސް އޭނާ ފެންނާނެއެވެ.
ހިޔާލު