Kureege PG ge kanboduvun, Miee Joorimanaa Raajje eh
image
ކުރީގެ ޕީޖީ އަހުމަދު މުއިއްޒު--ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ކުރީގެ ޕީޖީ މުއިއްޒުގެ ކަން ބޮޑުވުން: މިއީ ޖޫރިމަނާ ރާއްޖެއެއް!

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ޖޫރިމަނާގެ ގޮތުގައި 72.9 މިލިއަން ރުފިޔާ އެރި މައްސަލައާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މުއިއްޒު ޓްވިޓާގައި ވިދާޅުވީ، އެމްއެންބީސީން ބިގަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ބޮޑު ޖޫރިމަނާ އެއް އެރި އިރު، ޓޫރިޒަމް ލީސް ރެންޓު ނުދެއްކުމުން ދުވާލަކަށް ޖޫރިމަނާގެ ގޮތުގައި ދަންކަން ޖެހެނީ 0.5 އިންސައްތަ ކަމަށާއި އެއީ ޖޫރިމަނާގެ ގޮތުގައި އަހަރެއްގެ މައްޗަށް 183 އިންސައްތަ ކަމަށެވެ.

ބެލެވޭގޮތުގައި މުއިއްޒް އެކަން ފާހަގަ ކުރެއްވީ، އެންބީސީން ބިގަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެރި ޖޫރިމަނާ، ޓޫރިޒަމް ލީސް ރެންޓު ނުދެއްކުމުން އަރާ ޖޫރިމަނާ އަށް ވުރެ ބޮޑުވުމުންނެވެ. ނަމަވެސް މުއިއްޒުގެ ޓްވީޓުގައި ސީދާ އެހެން ވިދާޅެއް ނުވެ އެވެ.

ޓޫރިޒަމް، އިކޮނޮމިކް އަދި ފިނޭންސް މިނިސްޓްރީގެ އިތުރުން ޕްރައިވަޓައިޒޭޝަން ބޯޑް ޓެގް ކޮށް މުއިއްޒު ކުރެއްވި ޓްވީޓް ނިންމާލައްވަމުން އޭނާ ވަނީ "މިއީ ޖޫރިމަނާ ރާއްޖެ އެއް!" ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.


މުއިއްޒުގެ އިތުރުން ވެސް އެތައް ބަޔަކު އަންނަނީ އެންބީސީން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އެތައް މިލިޔެން އިތުރަށް ދައްކަން ޖެހުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެހާ ބޮޑު ޖޫރިމަނާ އެއް އަރަމުން ދިޔަ އިރު، ފަހުން ޕީއެސްއެމުން ދަންކަން ޖެހިފައި އޮތް ދަރަނި ނުދެއްކުމަކީ އެ ކުންފުނީގެ ވެރިންގެ އިހުމާލެއް ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

އެންބީސީން ބިގަށް ދައްކަން ޖެހުނު ފައިސާ އާދި ޖުރިމަނާ:

އެމްއެންބީސީން ބިގަށް 78 މިލިއަން ދޭން ސިވިލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން 7 ގައެވެ. އެއީ އެމްއެންބީސީއާއެކު އެކުންފުނިން ވެފައިވާ އެއްބަސްވުމުގެ ދަށުން ނުލިބި އޮތް ފަސް މިލިއަން ހޯދުމަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އެކަމަކު، 78 މިލިއަނުގެ ތެރެއިން 72.9 މިލިއަނަކީ ޖޫރިމަނާ ފައިސާއެވެ.

ބިގާއެކު އެމްއެންބީސީން 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު، އޭރުގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމް ނެރުއްވި އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއް ނުކޮށް ޓީވީއެމް އާއި އަޑަށް ލިބޭ އާމްދަނީގެ ކޮމިޝަނެއް ދޭން ނުޖެހޭ ކަމަށެވެ.

މިހާރު ޕަބްލިކް ސާވިސް މީޑިއާގެ ދަށުން ދައުލަތު މީޑިއާ ހިންގަމުން އަންނައިރު ޕީއެސްއެމުން ވަނީ އެފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގަށް ދައްކާފައެވެ. އެ ދަރަނި ޕީއެސްއެމްގެ ބޮލުގައި އެޅުނީ އެމްއެންބީސީގެ މުދަލާއި ފައިސާ ޕީއެސްއެމަށް ބަދަލުކޮށްފައި ވާތީއެވެ.

ޕީއެސްއެމްއަކީ އެމްބީސީގެ ގާނޫނު އުވާލާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދައުލަތު މީޑިއާ ހިންގުން ހަވާލުކުރުމަށް ގާނޫނެއްގެ ދަށުން ހެދި ކުންފުންޏެކެވެ.
ދަރަނި ޕީއެސްއެމް
ހިޔާލު