40 Plus ge teaser thakun ves heehee avadhi vey!
image
"40 ޕްލަސް"ގެ ޕޯސްޓަރެއް...
މުޙައްމަދު މުސްޠަފާ
3 ކޮމެންޓް
 

"40 ޕްލަސް"ގެ ޓީޒާތަކުން ވެސް ހީހީ އަވަދިވޭ!

އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް މަޝްހޫރު ފިލްމީތަރި އަދި ޒުވާން ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމު "ފޯޓީ ޕްލަސް" ސިނަމާތަކަށް އަންނަން އަށް ދުވަހަށް ވީއެވެ. ގިނަ ބަޔަކު ކުރަމުން އަންނަ އިންތިޒާރަށް ނިމުމެއް އަންނަނީ އެވެ.
އެ ފިލްމަކީ ރާއްޖޭގެ ސިނަމާ އަށް އަންނާނެ ފުރަތަމަ ހެއްވާ މަޖާ ބިރުވެރި ފީޗާ ފިލްމެވެ.


"40 ޕްލަސް" އަކީ ކުރިން މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި އަޅުވަން ނިންމި ފިލްމެއް ނަމަވެސް ސިޔާސީ މަޝްރަހު ގޯސްވެ ފިލްމު މި އަހަރަށް ފަސްކުރީއެވެ. މިދިޔަ އަހަރު ފަހުކޮޅު ވަނީ ފިލްމުގެ އޮފިޝަލް ޓްރެއިލާ ވެސް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ފިލްމު އަޅުވަން ބޯމަތި ވަމުން އަންނަ އިރު ފިލްމުގެ ޓީމުން އަންނަނީ ގިނަ ޓީޒާ ތަކެއް ބެލުންތެރިންނަށް ދޫކޮށްލަމުންނެވެ. ހީހީ އަވަދި ވާވަރު ވެއެވެ. ގިނަ ބަޔަކު ޝައުގުވެރިކަމާއެކު އެ ޓީޒާ ތައް ބަލައިފިއެވެ. ހެމުން ހެމުން ވެސް މެއެވެ.

ފިލްމުގެ ބައެއް ޑައިލޮގްތަކާއެކު ހެއްވާ މަޖާ އެ ޓީޒާތައް "40 ޕްލަސް"ގެ އޮފިޝަލް ފޭސްބުކް ޕޭޖަށް މިހާރު ކޮންމެ ދުވަހަކު އަންނަނީ ދޫކޮށްލަމުންނެވެ.


"ސީއެންއެމް" އަށް ވާހަކަ ދައްކަމުން ޑައިރެކްޓަރު ޔޫއްޕެ ބުނީ، ގިނަ އަދަދެއްގެ ބަޔަކު އެ ޓްރެއިލާ ބެލުމަށްފަހު ކޮމެންޓްކޮށް ޝެއާކުރާ ކަމަށެވެ. އަދި ފިލްމާ ދޭތެރޭ އިންތިޒާރު ކުރާ ކަމަށް ވެސް ޔޫއްޕެ ބުންޏެވެ.

"ބެލުންތެރިން ބަލާލަ ބުނޭ ހީހީ ހަމަ ހަލާކުވޭ، ފިލްމު އެއްކޮށް ބަލާއިރު އަދި ކިހާ ވަރެއް ވާނެހޭ، ފިލްމަށް އިންތިޒާރު ކުރާ ވާހަކަ އެންމެން ވެސް ބުނަނީ،" ޔޫއްޕެ ބުންޏެވެ.

އެ ފިލްމުގެ ޓިކެޓް މިހާރު އަންނަނީ އޮލިމްޕަހުން ވިއްކަމުންނެވެ. ފިލްމު ސްކްރީން ކުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. ޔޫއްޕެ ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފެށުމުން ޓިކެޓަށް ވެސް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.


"40 ޕްލަސް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ތ. ބުރުނީގައެވެ.

ހޭޝްޓެގް ދަ ބިގެސްޓް މޫވީ އޮފް 2019 ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "40 ޕްލަސް" ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، 'ނޯޓީ40'ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ.
ހިޔާލު

ޢާޘީ

ނޫނޭވާ ދޮގު ހަދަން އެގޭ ނޫސްވެރިންނަށް. ޙީހީ ބައްޔޯ. ޢެއްމެފަހަރަކުވެސް ނުހެވުނު މަށަށް

ސަމަދު

ހަމަ ހީހީ ހަލާކުވެއްޖެ ހަމަ އަސްލު ވެސް ވަރަށް ގިނަ ބަޔަކު މި ފިލްމު ބަލައި ގެން ހީހީ ހަލާކު ވާނެ ބާ.

ފަތީ

އެއްވެސް މަޖައެއްނޫން. އަމިއްލައަށް މަޖާވަނީ އެވެރިން