Viyafaarithakah kurimathivaa mahsalaathakaa behey gothun mashvaraa kuranee
image
މިއަދު ފެށި ބިޒިނަސް ކޮންވެންޝަންގައި އިކޮނޮމިކް މިނިސްޓަރު ބައިވެރިއަކާ ވާހަކަފުޅު ދައްކަވަނީ:--ފޮޓޯ އިކޮނޮމިކް މިނިސްޓްރީ
އައިމިނަތު ފަޒްނާ ރަޝީދު
1 ކޮމެންޓް
 

ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަނީ

ވިޔަފާރިތަަކަށް ކުރިމަތިވާ މައްސަލަތައް ސަރުކާރާ ހިއްސާ ކުރުމަށް ބާްއްވާ ބިޒިނަސް ކޮންވެންޝަން މިއަދު ފަށައިފި އެވެ. Dhiraagu
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ބިޒްނަސް ކޮންވެންޝަން ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މި ފޯރަމް މިއަދާއި މާދަމާ ކުރިއަށްދާ އިރު ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި މައްސަލަތަކާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށް މަޝްވަރާ ކުރެވޭނެއެވެ.

ދަރުބާރުގޭ ކުރިއަށްދާ މި ފޯރަމްގައި ބައެއް ކުންފުނިތަކުންނާއި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން "ނޮލެޖް ހަބް" އެއް ވެސް ވަނީ ހުޅުވައިފައެވެ. މި ނޮލެޖު ހަބުގައި މަޢުލޫމާތު ދިނުން ކުުރިއަށް ދާނީ މިއަދާއި މާދަމާގެ ހެނދުނު 9.30ން 16.30 އަށެވެ. ނޮލެޖް ހަބުން މަޢުލޫމާތު ދޭފަރާތް ތަކުގެ ތެރޭގައި ބީއެމްއެލް، ދިރާގު، ޕެންޝަން އޮފީސް، މީރާ، އިސްލާމިކް ބޭންކް، އުރީދޫ، އެމްޕީއެލް އަދި އެލައިޑް އިންޝުއަރެންސް ހިމެނެއެވެ.

މި އަދު ކުރިއަށް ދިޔަ ސެޝަންތަކުގައި ކުދި އަދި މެދު ފަންތީގެ ކޮންސްޓްރަަކްޝަން ވިޔަފާރިއާއި އައިސީޓީ ދާއިރާގެ ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް ހިއްސާ ކުރެވުނެވެ. އަދި މީގެ އިތުރުން ކާނާ އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވާ މައްސަަލަތަކާއި ތައުލީމާ ޓެކްނޮލޮޖީއާއި ބެހޭ ގޮތުން ވެސް ކަރުދާސް ހުށަހެޅުނެވެ.

މާދަމާގެ ސެޝަންތަކުގައި ކުރިއަށްދާނެ މައުޟޫތަކުގެ ތެރޭގައި މަސައްކަތްތެރިންނާއި އިގްތިސާދު، ޓެކްސް ނިޒާމުގައި ހުރި މައްސަލަތައް، އަދި އަންހެން ވިޔަފާރިވެރިން އިތުރު ކުރުން ހިމެނެއެވެ. މީގެ އިތުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ތަސައްވަރު ހިއްސާކުރުން ވެސް އޮންނާނެއެވެ.

މި ފޯރަމްގައި 17 ކައުންސިލަކުން ވަރޗުއަލް ކެންޕަސް ބޭނުންކޮށްގެން ބައިވެރިވެފައިވެއެވެ. އަދި ގްރޫޕް ޑިސްކަޝަންތައް ވެސް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ އިރު ބައިވެރިން ޚިޔާލު ބަދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހިޔާލު

މޫސުމް

އިހްލާސްތެރިކަމެއް ހުރިއްޔާ އަލައް މިކަންތައްތަކައް ވަންނަފަރާތް ތަކައް ފަސޭހަކިއްދީބަލަ..