Sridevi ge Mom China gai alhuvanee
image
ސްރީދޭވީ---
0 ކޮމެންޓް
 

ސްރީދޭވީގެ "މޯމް" ޗައިނާ ގައި އަޅުވަނީ

ސްރީދޭވީގެ އެންމެ ފަހު ފިލްމު "މޯމް" ޗައިނާ ގައި އަޅުވަން ނިންމައިފިއެވެ.
މިދިޔަ އާދިއްޔަ ދުވަހު ސްރީދޭވީގެ މަރަށް އެއް އަހަރު ފުރިފައިވާއިރު އޭގެ ދެދުވަސް ފަހުން އޭނާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރު ވަނީ ސްރީދޭވީގެ އެންމެ ފަހު ފިލްމު ކަމަށްވާ "މޯމް" ޗައިނާ ގައި އަޅުވަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފައެވެ.

އެގޮތުން ޗައިނާގައި އެފިލްމު އަޅުވަން ނިންމާފައިވަނީ އަންނަ މަހު 22 ގައި އެވެ. "މޯމް" އަކީ 2017 ވަނަ އަހަރު ނެރުނު ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލުން ސްރީދޭވީ ފެނިގެންދާއިރު އެފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.

އެފިލްމަކީ މަންމަ އަކު އޭނާގެ އަންހެން ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތްުގެ މައްޗައް ހަދާފައިވާ ފިލްމެކެވެ. އަސަރު ގަދަ އެފިލްމު ޑައިރެކްޓުކޮށްފައިވަނީ ރަވީ އުދްޔާވަރެވެ.

ސްރީދޭވީއަށް ވަނީ އެ ފިލްމުން އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ލިބިފައެވެ. އެފިލްމުގައި ސްރީދޭވީގެ ދަރީގެ ރޯލުން ފެނިގެންދަނީ ސަޖަލް އަލީ އެވެ. އަދި ފޮލިހެއްގެ ރޯލުން ފެނިގެންދަނީ އަކްޝޭ ކަންނާއެވެ.
ހިޔާލު