Miadhu mifennanee 2 Raeesuljumhooriyyaa hunnavaathan: Reeko Moosa
image
މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު-- ފޮޓޯ: މަޖިލިސް އިދާރާ
0 ކޮމެންޓް
 

މިއަދު މިފެންނަނީ ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާތަން: ރީކޯ މޫސަ

ދިވެހިރާއްޖޭގައި ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާތަން އެބަފެންނަ ކަމަށާއި މިގައުމު ހަމަމަގަށް އެޅޭތަން އެއްގޮތަކަށް ފެންނަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.
ވޯޓް ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފިނަމަ ވޯޓު ކަރުދާސް ބާތިލް ބާތިލްވާގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މޫސާ ވިދާޅުވީ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސް ނުކުރެވުމަކީ ސަރުކާރުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރިކަމުގެ ހެއްކެއް ކަމަށެވެ.

ރާއްޖޭގައި ދެ ރައީސުލްޖުމްހޫރިއްޔާ ހުންނަވާހެން ހީވާކަމަށް ވިދާޅުވަމުން މޫސަ ވިދާޅުވީ އެއް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރައީސް އޮފީހުގައި ކަމަށާއި ދެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކޮންމެވެސް އެހެންތަނެއްގައި ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ދެން ހުންނެވި ރައީސްގެ ނަންފުޅެއް މޫސަ ވިދާޅެއް ނުވެއެވެ. ނަމަވެސް މޫސަގެ ވާހަކައިން ބޮޑަށް ދޭހަވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތްކަމަށް ބުނެފައިވާއިރު، އެކަން އެގޮތަށް ހިނގަމުން ނުދާކަމަށެވެ.

މީގެއިތުރުން މޫސަ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިވަގުތު ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނުގެ ބާރާއި ނުފޫޒު އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށާއި އިކޮޅު މެމްބަރުންގެ ސާބިތުކާއި ހިތްވަރަށް ހަމަ ސާބަސް ދަންނަވާ ކަމަށެވެ.

މޫސަ ވަނީ ދާދިފަހުން ޕީޕީއެމުން ވަކިވެވަޑައިގަންނަވާފަ އެވެ.
ހިޔާލު