Murli Sharma ge bappa maruvejje
image
މުރްލީ އާއި އޭނާގެ ބައްޕަ---
0 ކޮމެންޓް
 

މުރްލީ ޝަރުމާގެ ބައްޕަ މަރުވެއްޖެ

މަޝްހޫރު އެކްޓަރު މުރްލީ ޝަރުމާގެ ބައްޕަ ވްރިޖްބުޝަން ޝަރުމާ، 84، މަރުވެއްޖެ އެވެ.
މުރްލީގެ ބައްޕަ މަރުވެފައިވަނީ އިއްޔެ ހެނދުނު މުސްކުޅިބަލީގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. އޭނާގެ ޖަނާޒާގައި ބޮލީވުޑު އަދި ތެލުގޫ އިންޑަސްޓުރީގެ މީހުން ބައިވެރިވެފައިވާ އިރު މުރަލީގެ ސަޕޯޓަރުން ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތައުޒިޔާ ކިޔާފައެވެ.

މުރްލީ އަކީ ބޮލީވުޑް ފިލްމު ތަކުގެ އިތުރުން ތެލުގޫ ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. ހާއްސަ ކޮށް އޭނާ މަޝްހޫރުވެފައިވަނީ ނެގަޓިވް އަދި ކޮމެޑީ ރޯލުތަކުންނެވެ.

އުމުރުން 46 އަހަރުގެ މުރްލީ ކުޅެފައިވާ ބައެއް ބޮލީވުޑު ފިލްމުތަކުގެ ތެރޭގައި "ސަނަމް ތޭރީ ކަސަމް" އާއި "ދިލްވާލޭ" އާއި "ސިންގަމް" އާއި "ގޯލްމާލް 3" އާއި "ދަމާލް" އާއި "މޭ ހޫ ނާ" އަދި "ބަދްލާޕުރް" ހިމެނެއެވެ.

މުރްލީ ކުޅެފައިވާ ބައެއް ތެލުގޫ ފިލްމުތަކުގެ ތެރޭގައި "ހައިޕާ" އާއި "ޑީޖޭ" އާއި "ޔެވާޑޫ" އާއި "އަންޖާން" އަދި "އޮއޭ" ފަދަ ފިލްމުތައް ހިމެނެއެވެ.
ހިޔާލު