SME bank hingumuge licence dheefi
image
އެސްއެމްއީ ބޭންކް ހިންގުމުގެ ލައިސަންސް ދީފި
1 ކޮމެންޓް
 

އެސްއެމްއީ ބޭންކް ހިންގުމުގެ ލައިސަންސް ދީފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ސަރުކާރުން އުފައްދާ އެސްއެމްއީ ބޭންކު ހިންގުމުގެ ލައިސަންސް މިއަދު ދީފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއެމްއީ ބޭންކަކީ 100 ޕަސެންޓު ސަރުކާރުން ހިއްސާވާ ބޭންކެއް ކަމުގައެވެ.

އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގާ މި ބޭންކަކީ އިގްތިސޯދު ކުރިއެރުވުމަށް ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ފަސޭހަކަމާއިއެކު ލޯން ލިބުމަށް މަގުފަހިވެގެންދާނެ ބޭންކެއްކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
އެމްއެމްއޭއިން ބުނީ އެސްއެމްއީ ބޭންކުގެ ސަބަބުން މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމުގައެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ އެސްއެމްއީ ބޭންކުން އަންނަ މަހުގެ ތެރޭގައި ލޯން ދޫކުރަން ފަށާނެ ކަމުގައެވެ. މި ބޭންކުގައި ސިޓީ ކައުންސިލްތަކުގެ ހިއްސާވެސް އޮންނާނެއެވެ.

ހިޔާލު

ޅލ

ޤައުމުގެ މާލީ ނިޒާމް ރަގަޅުވެ ފައިދާ އިތުރުވާނީ ރިބާ ކެއުން ހުއްޓާލާ ވިޔަފާރީގައި މަކަރާއި ހީލަތް ހެދުންވެސް ހުއްޓާލައިގެން !