Coalition Party thakah Majority dhinun Sarukaaru Vaa Kohlanee tha?
image
ސަރުކާރު ކޯލިޝަނުގެ ހަތަރު ލީޑަރުން-- ފޮޓޯ: ޖަޒީރާ.ނެޓް
3 ކޮމެންޓް
 

ކޯލިޝަން ޕާޓީތަކަށް މެޖޯރިޓީ ދިނުން، ސަރުކާރު "ވާ" ކޮށްލަނީ ތަ؟

އަންނަ އޭޕްރީލް މަހު ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވަކި ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އެންމެ ފަހުން އެވަނީ ވިދާޅުވެފައެވެ. ކޯލިޝަނުގެ އަނެއް ބައިވެރިޔާ ޖޭޕީގެ ލީޑަރުގެ ގާސިމް އިބްރާހީމުގެ ބަސްފުޅަކީ ނުވަތަ ގަބޫލުފުޅު ކުރައްވާގޮތަކީީވެސް ހަމަ އެގޮތެވެ. އެ ދެ ބޭފުޅުން އެ ގޮތަށް އެ ވިދާޅުވަނީ މިހާރު ތަޖުރިބާކުރާކުރުން ހަމަ އެއްގޮތަކަށް ވެސް ނޭނގިގެން ބާއްވައެވެ. ނުވަތަ ގަސްދުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު "ޕެރަލައިޒް"ކޮށްލާފައި ބޭއްުވުމަކީ އެދެ ބޭފުޅުންގެ މަގުސަދުތޯ މިއީ ވެސް ހަމަ ކޮށްލަން ރަނގަޅު ސުވާލެކެވެ.
ސަރުކާރު ހިންގާ ކޮލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން މަޖިލީހުގެ މަސައްކަތް ހިނގަމުންދާތާ މިހާރު ދެމަހެއްހާ ދުވަސްވެއްޖެއެވެ. ދައުލަތުން ވައްކަންކުރި މީހުންނާއި ގޮތް ނޭނގޭގޮތަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މަރުތަކުގެ މައްސަލަތަކުގެ ހަގީގަތް ހޯދުމަކީ ރައީސް ސޯލިހުގެ އެންމެ ބޮޑު އެއް ވައުދެ އެވެ. ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދެވޭނެގޮތް ހެދުމަކީ ހަމަ އެހާމެ މުހިންމު ވައުދެކެވެ. މި ފަދަ އެތަކެއް ވައުދު ރައީސް ކަމަށް ވަޑައިގެންނެވުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި އެވެ. އެއިން ގިނަ ވައުދަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ނޫން ގޮތަކަށް ފުއްދޭނެ ވައުދެއް ނޫނެވެ. އެންމެ ކުޑަމިނުން ޕެންޝަން ފައިސާއިން ހައްޖުގެއަޅުކަން އަދާކުރުމަށް ދެވޭނެ ގޮތް ވެސް ހެދެން އޮތީ މަޖިލީހުންނެވެ.

މަޖިލީހަށް އެ އިސްލާހު ވައްދައިގެން މަހެއްވެގެންދިޔައިރުވެސް އެކަން ހާސިލްނުވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެޖޯރިޓީ އޮތް މަޖިލީހުގެ މެމްބަރުންގެ ސަބަބުންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ޖަލްސާގައި ޕެންޝަން ފައިސާއިން ހައްޖަށް ދެވޭގޮތަށް ހުށަހެޅި އިސްލާހުވަނީ ފާސްކޮށްފައެވެ. އެ އިސްލާހަށް ވޯޓަށް ނޭހި ދެތިން ޖަލްސާ ދިޔައެވެ. އެކަމަށް މަހަކަށްވުރެ ގިނަ ދުވަސް ނެގި އެވެ. މި ވަރު ވެގެންދިޔައިރު މަޖިލީހުގައި އޮތީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ސާފު މެޖޯރިޓީއެކެވެ. ސުވާލަކީ އެ ވިދާޅުވާގޮތަށް ކޯލިޝަން ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ވަކިން އިތުރަށް ކުރެވޭނެކަމަކީ ކޮބައިތޯ އެވެ. މިހާރު ނުވިކަމެއް ފަހުން ވާނެތޯ އެވެ.

ކޯލިޝަން ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ރައީސް ސޯލިހުގެ ސަރުކާރަށް މިއަދު ނުލިބުނު ހިތްހަމަޖެހުމަކާއި އުފަލެއް މާދަމާ ލިބެންޖެހޭ ނަމަ މިއީ ވެސް އަރަތައެކެވެ. މެޖޯރިޓީ މިއަދު އޮތް އިރު ރައީސް ސޯލިހުގެ ވައުދު ފުއްދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ވަކި ދުވަހެއް ވަކި ވަގުތެއް އޮންނާނެ ބާއްވައެވެ. ދުނިޔެ ދައުރުވާ ކޮންމެ ވަގުތަކީ ރައީސް ސޯލިހުގެ އިސްލާހީ އެޖެންޑާއާއި ވައުދު ފުއްދުމަށް މަސައްކަތްކުރަންވީ ވަގުތު ނޫންތޯ އެވެ. އެހެންކަމުން ރައީސް މައުމޫން އާއި ޖޭޕީ ލީޑަރު ގާސިމް އެ ދައްކަވާ ވާހަކަފުޅުތަކާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހެ އެވެ. އަނެއްކާ އެ ވިދާޅުވާ ވިދާޅުވުމުމުގައި ނޭދެވޭ ނިޔަތެއް އޮތްތޯ ވެސް ވިސްނަންޖެހެއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރުގެ ތަޖުރިބާއަށް ނަޒަރުކުރާއިރު އެމަނިކުފާނު އެ ވިދާޅުވާ ވާހަކަފުޅުތަކާ މެދު ނުވިސްނާ ދޫކޮށްލެވޭކަން ވެސް ނެތެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި މިދިޔަ ދެތިން މަސް ދުވަހަށް ބަލާއިރު މަޖިލީހުގެ މެޖޯރިޓީ އޮތީ ކޯލިޝަން ޕާޓީތަކުގެ އަތްމަތީގައެވެ. ނަމަވެސް ރައީސް ސޯލިހު ކުރައްވަން ބޭނުންފުޅުވި ވަރަށް މުހިންމު މަސައްކަތްތައް ނުކުރެވި ފަހަތަށް ދިޔައީ މަޖިލީހުގެ އެއްބާރުލުން ނުލިބިގެންނެވެ. އެހެންކަމުން ރައީސް މައުމޫނު ވަކިގޮތަކަށް ވިދާޅުވި ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ކޯލިޝަން ޕާޓީތަކަށް ލިބިގެން އިތުރަށް ހާސިލްވާނެ ކަމެއް އޮތްތޯ ވިސްނަވިސްނާ ވެސް އެކަމެއް ނުފެނެއެވެ. ސަބަބަކީ މިއަދު މެޖޯރިޓީ އޮވެ ރައީސް ސޯލިހުގެ އެޖެންޑާ ކުރިއަށް ގެންދަން ފަހިނުވާއިރު މާދަމާ އެ އެ އެޖެންޑާ ކުރިއަށް ގެންދަން އެއްބާރުލުން ދޭނެތޯ އުފެދޭ ސުވާލަށް ސާފު ޖަވާބެއް ނުލިބޭތީ އެވެ.

ރައީސް ސޯލިހު ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ ދައުލަތުން ވައްކަން ކުރި މީހުން ހޯދާ އެމީހުންނާ މެދު އިންސާފުވެރި ކަމާއެކު ފިޔަވަޅު އެޅުމެވެ. އަނެއްކަމަކީ ގައުމުގައި ހިނގާފައިވާ އަނިޔާވެރިކަމަށް އިންސާފު ހޯދައިދިނުމެވެ. ނަމަވެސް އެ ދެ މަސައްކަތަށް ކޮލިޝަން ޕާޓީތަކުގެ މެޖޯރިޓީ އޮތް މަޖިލީހުން އަދި ވަނީ ފުރިހަމަ އެއްބާރުލުން ނުލިބި އެވެ. އެކަމުގެ ސަބަބުން ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ދަނީ ސުވާލު އުފައްދަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން ކޮލިޝަނުގެ ބޭބޭފުޅުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވެފައިވަނި އަނިޔާވެރި އަމަލުތައް ހޯދާ ބަލަން އެކުލަވާލި ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ފާސްނުކޮށް ލަސްވުމުގައި ކޯލިޝަނަން ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ މަސްލަހަތެއް އޮތުން ވަރަށް ކައިރިކަމަށެވެ.

ރިޔާޒުގެ އެވާހަކަތަކަށް ނަޒަރުކުރާއިރު އެއީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ނާޖާއިޒު ފައިދާ ނުލިބޭ މެމްބަރުންގެ އަދަދު މަދުވާހަކަ އަހަމެވެ. އެހެންކަމުން އެ މަގަށް ކަންކަން ހިނގައިދާނެއެވެ. ރައީސް ސޯލިހު އުފައްދާފައިވާ ދެ ކޮމިޝަނުގެ ތެރެއިން އެއް ކޮމިޝަނަކީ ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނެކެވެ. އަނެއް ކޮމިޝަނަކީ އަނިޔާވެރި އަމަލުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނެކެވެ. އެހެންކަމުން އެ ދެ ބާވަތުގެ މައްސަލައެއްގައި ނުހިމެނި ތިބި މެމްބަރުންގެ އަދަދަކީ ވެސް ކޮބައިކަމެއް ނޭނގެ އެވެ.

ދެން އޮތީ ސިޔާސީލީޑަރުންގެ ނިޔަތާ މެދު އުފައްދާނެ ސުވާލުތަކެވެ. ގާސިމް އަކީ ރައީސްކަމަށް ވަޑައިގެންނެވުމަށް މަސައްކަތްކުރައްވާ ހިދުމަތްތެރިއެކެވެ. ރައީސް މައުމޫން ދެން ވެރިކަމަށް ވަޑައިގަތުމުގެ ނިޔަތް އޮތުމަކީ ނާދިރުކަމެއް ނަމަަވެސް އެ މަނިކުފާނުގެ ބޭފުޅަކަށް ވެރިކަން ހޯދައިދިނުމަކީ ކުރައްވާނެ އުއްމީދެކެވެ. ދެން އޮތީ އޭގެ ދަށްފަށްތިތަކުގެ ބޭބޭފުޅުންނެވެ. އެ ބޭބޭފުޅުންގެ ވެސް ނިޔަތަކަށްވަނީ ގިނަ ފަހަރު ވެރިކަމަށް ވަޑައިގެންނެވުމެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. މައްސަލައަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުންނަށްކޮށް ދިނުމަށް ބޭނުންވާ ކަންކަންކުރުމަށް ލަސްވަމުންދާ ލަސްވުމެވެ. އެކަންކަން ލަސްވާވަރަކަށް ރައީސް ސޯލިހާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދާނެ އެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ ލިބެންޖެހޭނީ ރައީސް ސޯލިހަށް ވަފާވެރި ބަޔަކަށެވެ. ފަހަރެއްގަ ވެސް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ނޫނެވެ. މިކަން މިވަނީ މިދިޔަ ކުރު މުއްދަތަކުގައި ކޯލިޝަން ޕާޓީތަކުގެ އަމަލުތަކުން ސާބިތުކޮށްދީފައެވެ. އެހެންކަމުން ދެން ރައީސް މައުމޫނާއި ޖޭޕީ ލީޑަރު ގާސިމްމެން ފަދަ ބޭބޭފުޅުން ފާޑުފާޑުގެ ވާހަކަފުޅު ދެއްކެވުމުގެ ބޭނުމެއް ނެތެވެ.
ހިޔާލު

ބާބު

2 މީހެއްގެ މަރު ތަހުގީގު ކުރަނީ ބާކީމަރުވި މީހުންކޮބާ

ސަލީމް

މި ލިޔުން ލިޔުނުމީހާ އަށް ނޭގެނީތަ ނޫނީ ރީނދޫބަލި ޖެހިފައިތަ ކޯލިޝަން އެއްބަސް ވުމާ އިބޫ ހިލާފްވެ ނަޝީދައް ބައިއަތު ހިފައިގެން އުޅޭކަން.

ކަންއޮތްގޮތް

ކޮލިޝަންއުޅެނީ ރޫޅުވާލަން. އެކަންކުރާއިރު އެމްޑީޕީގެސަރުކާރު ވައްޓާލިއިރު އޭގެތެރޭގައި ހިމެނުނުމީސްމީހުންތެރެއިން ނުފެންނާނެހެން ހީވަނީ ޢަދާލަތު. މިފަހަރު ވައްޓާލާނެކަމުގައި ބެލެވެނީ، ޖިލީސްތެރެއިން.
ލަނޑަޔާވާނީ ލަނޑަޔާ! ރަޢިއްޔަތުންނަށް އެދުވަހުވެސްއޮޅުވައިލި، އަދި މިއަދުވެސް އޮޅުވާލަމުންގެންދާ، އަމިއްލައެދުން އިސްކުރާނެކަމުގައިބެލެވެނީ ރައީސް ޞާލިޙްއަށް ތާއީދުދެއްވި، ކުރީގެރައީސް މައުމޫނާއި، މަޖިލީހުގެރައީސް ޤާސިމްގެއިތުރުން ރައީސްކަމަށް ވާދަކުރުއްވައި ނާކާމިޔާބުވެ، މައްސަލައެއްގައި ޖަލުގައި މިހާރުހުންނެވި ކުރީގެރައީސް ޔާމީން! އެކިމީހުން ޤަބޫލުކުރާގޮތުގައި މިކޯލިޝަން ވަކިވެއްޖެނަމަ، ރައީސް ޞާލިޙްގެވެރިކަން ވެއްޓޭނެކަމުގައިއެވެ! މަޖިލީސްތެރެއިން ވައްޓާނުލެވޭނަމަ، މިލިޓެރީނުވެ، ސަލާމަތްވެދާނެބާވައެވެ؟