Green taxge gothugai January mahu libunu aamdhanee dhahvejje
image
މީރާ--ފޮޓޯ: މިހާރު
އައިމިނަތު ފަޒްނާ ރަޝީދު
1 ކޮމެންޓް
 

ގްރީން ޓެކްސްގެ ގޮތުގައި ޖެނުއަރީ މަހު ލިބުނު އާމްދަނީ ދަށްވެއްޖެ

މިދިޔަ އަހަރު ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި 102 މިލިއަން ސަރުކާރަށް ލިބިފައިވާއިރު މިއަހަރު ޖެނުއަރީ މަހު ސަރުކާރަށް ލިބިފައިވަަނީ 78.2 މިލިއަން ރުފިޔާކަމަށް މީރާއިން ނެރޭ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރަށް މި އަހަރު ޖެނުއަރީ މަހު ލިބުނު މުޅި އާމްދަނީ 2.1 ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރެއިން ގްރީން ޓެކްސް ހިއްސާވާ މިންވަރަކީ 3.7 އިން ސައްތައެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ ގްރީން ޓެކްސް ރިޕޯޓުން ހާމަވާ ގޮތުގައި ގްރީން ޓެކްސްގެ ގޮތުގައި މި ދިޔަ ޖެނުއަރީ މަހު ރިސޯޓްތަކުން 70.8 މިލިއަން ރުފިޔާ ލިބިފައިވާއިރު ގެސްޓުހައުސްތަކުން 3 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ލިބިފައިވެއެވެ. އަދި ހޮޓާތަކުން 1.8 މިލިއަން ރުފިޔާ އަދި ސަފާރީތަކުން 2.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެންމެ ގިނައިން ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީ ލިބިފައިވާނީ މާލެ އަތޮޅުންނެވެ. މި އަތޮޅުން 28 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސްގެ ގޮތުގައި އާމްދަނީ ލިބިފައިވަނީ އދ އަތޮޅުންނެވެ. އެއީ 9.3 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅުންނެވެ. އެއީ 6.6 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓްތަކުންނާއި ހޮޓާތަކުންނާއި އަދި ސަފާރީތަކުން ގްރީން ޓެކްސް ނަގަން ފެށީ 2015 ވަނައަހަރުގައެވެ. މި ފަދަ ތަންތަނަށް އަންނަ ޓުއަރިސްޓުންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ޓެކްސް ނަގާއިރު ގެސްޓްހައުސް ވިޔަފާރި ތަކުން ނަގަނީ ދުވާލަކަށް ތިން ޑޮލަރެވެ. ގެސްޓް ހައުސް ވިޔަފާރިތަކުން ގްރީން ޓެކްސް ނަގަން ފެށީ 2016 ވަަނަ އަހަރުއެވެ.
މީރާ ފިނޭންސް
ހިޔާލު

ރުފިޔާ

2 ބިލިޔަން ޑޮލަރޭ.... ނުލިބޭނެ ތިވަރެއް..