Maldives Marketers Forum Fashaifi
image
މޯލްޑިވްސް މާކެޓާސް ފޯރަމް ހުޅުވުމުގެ ހަފުލާގެ ތެރެއިން--ފޮޓޯ:ޑައިނަމިސްޓް
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

މޯލްޑިވްސް މާކެޓާސް ފޯރަމް ފަށައިފި

ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީ (ސީއެމްެއޭ) އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި ގުޅިގެން އިންތިޒާމްކުރި މޯލްޑިވްސް މާކެޓާސް ފޯރަމް މިއަދު ހެނދުނު ފަށަައިފިއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމް ހުޅުވައިދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން މާކެޓިންގެ މިސްރާބު މިހާރު ހުރީ ޑިޖިޓަލް މާކެޓިންގްއާ ދިމާލަށް ކަމަށާއި އަދުގެ ދުނިޔޭގައި ޑިޖިޓަލް މާކެޓިންގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ހަފުލާ ފަށައިދިނުމުގެ ގޮތުން ސީއެމްއޭގެ ސީއީއޯ އިލްޔާސް ހަނީފް އާއި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޑީން އަބްދުއްރަހުމާން މުބާރިކް ވާހަކަ ދެއްކެވިއެވެ.

މި ފޯރަމް މައިގަނޑު ގޮތެއްގައި ހާއްސަަ ކުރެވިފައިވަނީ ‘ޑިޖިޓަލް މާކެޓިންގ' އަށެވެ. އެ ގޮތުން ޑިޖިޓަލް މާކެޓިންގ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ބޭނުންކުރާ ޓެކުނޮލޮޖީތަކާއި، ވާޗުއަލް ރިއަލްޓީ، އާޓިފިޝަލް އިންޓެލިޖަންސް، އީކޮމާރސް، ބިޒް ޑޭޓާ، ޑޭޓާ އެނެލަޓިކްސް އަދި މޮބައިލް ޑިވައިސްތަކާ ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރެވޭނެއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ މާކެޓިންގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުން މި ފޯރަމްގައި ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވެއެވެ.

"މި އިވެންޓުގެ މަގުސަދަކީ މާކެޓިން ދާއިރާގައި މަސައްކަތް ކުރާ މީހުން އެއްތަނަކަށް ގެނެސްދިނުމާއި މި ދާއިރާގައި ކުރެވޭ މަސައްކަތްތަކާއި އަންނަމުންދާ ބަދަލުތަކާއި ތަޖުރިބާ ހިއްސާކުރުން. އަދި މާކެޓިން ކިޔަވާ ކުދިން އިންޑަސްޓްރީގެ މަސައްކަތްތަކަށް އަހުލުވެރިކުރުވުން." އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޑީން އަބްދުއްރަހުމާން މުބާރިކް ވިދާޅުވިއެވެ.

މިއީ ސީއެމްއޭއިން މި ފޯރަމް ބާއްވާ ދެވަނަ އަހަރެވެ.
ހިޔާލު