Actress Kathreine maruvejje
image
ކެތުރިން---
0 ކޮމެންޓް
 

އެކްޓަރެސް ކެތުރިން މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު އެކްޓަރެސް ކެތުރިން ހެލްމޮންޑް މަރުވެއްޖެއެވެ.
އުމުރުން 89 އަހަރުގެ ކެތުރިން މަރުވެފައިވަނީ މިއަދު ހެނދުނު އޭނާ ދިރިއުޅެމުން އަންނަ ގޭގައި ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ. އެގޮތުން ކެތުރިން މަރުވީ ސިކުނޑީގެ ބައްޔަކާ ގުޅިގެން ކަމަށް ވެސް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފައެވެ.

ގިނަ އެވޯޑުތައް ލިބިފައިވާ ކެތުރިން ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އެގޮތުން އޭނާ މިހާރު ކައިވެނިކޯށްގެން އުޅެނީ އުމުރުން 47 އަހަރުގެ ޑޭވިޑް ކްރިސްޓަން އާއެވެ. ކެތުރިންގެ ދަރިއެއް ނުހުރެއެވެ.

ކެތުރިން ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހޫ އިޒް ދަ ބޮސް" އާއި "ސޯޕް" އާއި "އަ ގްރޭންޑް ޕާ އޮފް ކްރިސްމަސް" އާއި "އެވްރީބޮޑީ ލަވްސް ރޭމޮންޑް" އާއި "ބްލެކް ހޯލް" އަދި "ސްޓްރޯންގް މެޑްސިން" ހިމެނެއެވެ.
ހިޔާލު