Media Council ah Naaif Inthihaabu Kohfi
image
ނާއިފް (ކ) އަދި ނައުޝާދު.-- ފޮޓޯ: އަވަސް
0 ކޮމެންޓް
 

މީޑިއާ ކައުންސިލަށް ނާއިފް އިންތިހާބު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް އަވަސް އޮންލައިންގެ މެނޭޖިން އެޑިޓަރު އަހްމަދު ނާއިފް މިއަދު އިންތިހާބު ކޮށްފި އެވެ.
މީޑިއާ ކައުންސިލްގެ އާ ދައުރަށް މެމްބަރުން އިންތިހާބު ކުރީ މިދިޔަ ޑިސެންބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް 2017 ވަނަ އަހަރު އެ ކައުންސިލަށް އިންތިހާބުވި ރާއްޖެ ޓީވީގެ އަލީ ޔޫސުފްގެ ދައުރު ހަމަނުވާތީ އޭރު ހޮވީ މީޑިއާކައުންސިލްގައި މީޑިއާތަކުން ހިމެނޭ އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނެވެ.

މިއަދު ބޭއްވި އިންތިހާބުގައި 72 މީޑިއާ އަކުން ވޯޓްލީ އިރު، ނާއިފް އިންތިހާބު ކާމިޔާބުކުރީ 63 ވޯޓު ހޯދައިގެންނެވެ. އޭނާ އާ ވާދަކުރީ ނޫނު އިންފޯގެ އަހުމަދު ނައުޝާދެވެ. މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑް ވެސް ހޯދާފައިވާ ނައުޝާދު އަށް މިއަދު ލިބުނީ ނުވަ ވޯޓެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އަށް މެމްބަރުންނާއި އާންމުންގެ ހަތް މެމްބަރުންގެ މައްޗަށެވެ.
ހިޔާލު