Akshay aai Shahrukh alun ekugai fenidhaanetha?
image
ޝާހްރުކް އާއި އަކްޝޭ...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

އަކްޝޭ އާއި ޝާހްރުކް އަލުން އެކުގައި ފެނިދާނެތަ؟

މި ދެތިން ދުވަހު އިންޑިއާގެ ނޫސްތަކުން ބުނަމުން ދިޔައީ އަކްޝޭ ކުމާރާއި ޝާހްރުކް ހާނަށް "ކޮޑަތި ސަމަކްޝަން ބަލަން ވަކީލް"ގެ ހިންދީ ރިމޭކް ހުށަހަޅައިގެން އުޅޭ ވާހަކަތަކެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި އެ ފިލްމު ވަނީ އަކްޝޭ އާއި ޝާހްރުކް އަށް ހުށަހަޅާފައެވެ. ނަމަވެސް އެ ދެ ފަންނާނުން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެއެވެ.

"ކޮޑަތި ސަމަކްޝަން ބަލަން ވަކީލް"ގެ ޑައިރެކްޓަރު ބީ އުއްނިކްރިޝަން ބުނި ގޮތުގައި އަކްޝޭ އާއި ޝާހްރުކް އަށް ފިލްމުގެ މަޝްވަރާތަކުގައި އުޅޭ ކަމަށާއި ވަރަށް އަވަހަށް ބެލުންތެރިންނަށް ވަކި އަޕްޑޭޓެއް ދެވޭނެ ކަމަށް ބަލާ ކަމަށެވެ.

މިހާތަނަށް އައިއިރު އެ ދެ ފަންނާނުން އެކުގައި ފެނުނީ އެންމެ ފިލްމަކުންނެވެ. އެއީ 1997 ގައި ޔާޝް ޗޯޕްޅާ ގެނެސް ދިން ލޯބީގެ ފިލްމު "ދިލް ތޯ ޕާގަލް ހޭ" އިންނެވެ. އޭގެ ފަހުން ފިލްމަކުން އެ ދެ މީހުން ފެނިފައެއް ނުވެއެވެ.

"ދިލް ތޯ ޕާގަލް ހޭ" ގައި އަކްޝޭ ފެނުނީ ވަރަށް ކުޑަ ސަޕޯޓިން ރޯލަކުންނެވެ. އެ ފިލްމުގައި ބަތަލާއިންގެ ގޮތުގައި ފެނިގެންދިޔައީ ކަރިޝްމާ ކަޕޫރާއި މަދޫރީ ދިކްސިތް އެވެ.

އެ ދެ ފަންނާނުން އެކުގައި މަސައްކަތް ކުރަން ފިލްމެއް ހުށަހަޅައިފައިވީ ނަމަވެސް ދާދި ފަހުން ޝާހްރުކް ވަނީ އަކްޝޭއާ އެކު އޭނާ އަށް މަސައްކަތް ކުރުމަކީ މިހާރު ފަސޭހަ ނުވާނެ ކަމެއްކަމަށް ބުނެފައެވެ. އޭގެ ސަބަބަކީ އަކްޝޭ ޝޫޓިން ނިންމާލާފައި ރޭގަނޑު ލަސްވެގެން ދިހައެއް ޖަހާއިރު ނިދާފައި ފަތިހު ހަތަރެއް ޖަހާއިރު ހޭލާ ފަންނާނެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮތުމުންނެވެ.

ޝާހްރުކް ބުނި ގޮތުގައި ހަގީގަތުގައި އަކްޝޭގެ އަހުލާގު އަޑުތައް ފެތުރިފައި އޮންނަ ގޮތަށް އިދިކޮޅެވެ. އަކްޝޭ މަސައްކަތުގައި އުޅެފައި ނިދަން އަރަނީ ހޭލަން ބުނާ ހަތަރެއް ޖަހާއިރު ކަމަށް ޝާހްރުކް ބުނާއިރު އޭނާ ދެކޭ ގޮތުގައި އެ ދެ ފަންނާނުން އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ހުދު ޝާހްރުކް އަށް ވެސް ޝައްކެވެ.

އެހެން ކަމުން "ކޮޑަތި ސަމަކްޝަން ބަލަން ވަކީލް" ގެ ޓީމުން ދޭ އަޕްޑޭޓަކަށް އިންތިޒާރު ކުރާށެވެ. އެ ދެ ފަންނާނުން އެކުގައި ފެނިއްޖެ ނަމަ ފޭނުން ވަރަށް އުފާވާނެ ކަން ޔަގީނެވެ.
ހިޔާލު