Marjaavaan ge Shootinge therein Sidharth ah aniya vejje
image
ސިދާތު---
0 ކޮމެންޓް
 

"މަރްޖާވާން" ގެ ޝޫޓިންގެ ތެރެއިން ސިދާތަށް އަނިޔާ ވެއްޖެ

"މަރްޖާވާން"ގެ ޝޫޓިންގެ ތެރެއިން ފިލްމުގެ ލީޑް ރޯލްކުޅޭ ސިދާތު މަލްހޯތުރާ އަށް އަނިޔާ ވެއްޖެއެވެ.
އެފިލްމުގައި ލީޑު އެކްޓަރެއްގެ ރޯލުން ސިދާތު ފެނިގެންދާއިރު ފިލްމުގެ ޝޫޓިން ތައް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން ދާދި ފަހުން ކުރިއަށް ގެން ދިޔަ ޝޫޓެއްގެ ތެރެއިން ސިދާތުގެ އަތަށް ވަނީ އަނިޔާ ލިބިފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އޭނާއަށް އަނިޔާވީ ރޭގަނޑު ވަގުތެއްގައި ފިލްމުގެ މަންޒަރެއް ނަގަމުން ދަނިކޮށެވެ. އަދި އެވަގުތު ކުރިއަށް ގެންދިޔައީ ވަރަށް ރިސްކު ބޮޑު ސްޓަންޓެއް ކަމަށެވެ. އަދި ސްޓަންޓު ވަރަށް ފުރިހަމަކޮށް ނިމިގެންދިޔަ ނަމަވެސް ސިދާތުގެ އަތުގެ އިނގިލިތަކަށް އަނިޔާ ލިބުނެވެ. ނަމަވެސް ސިދާތު ވަނީ އަތަށް ވަގުތީ ފަރުވާ ދިނުމަށްފަހު އަލުން ޝޫޓިންތައް ކުރިއަށް ގެންގޮސްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ އެފިލްމުގައި ސިދާތާއެކު ލީޑު ރޯލުން ފެނިގެންދާނީ ތާރާ ސުތަރިއާ އެވެ. އެ ދެފަންނާނުންގެ އިތުރުން ރިތޭޝް ދޭޝްމުކާއި ރަކުލް ޕްރީތުވެސް ފެނިގެންދާނެއެވެ.

ފިލްމުގެ މަސައްކަތް ޑިސެމްބަރު މަހު ފަށާފައިވާއިރު އެފިލްމު ނެރުމަށް ނިންމާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.
ހިޔާލު