BML Gateway Fee Negun Huhhtaalaifi
image
ބީއެމްއެލް-
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ބީއެމްއެލް ގޭޓްވޭ ފީ ނެގުން ހުއްޓާލައިފި

ބީއެމްއެލްއިން ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް ނަގަމަމުން އަންނަ މަހު މެއިންޓެނަންސް ފީ އާއި ސެޓްއަޕްފީ މި މިަހުގެ 1 ވަނަ ދުވަހުން ފެށިގެން ނުނަގާ ގޮތަށްް ހަމަޖަައްސައިފިއެވެ.
މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓަކާ ނުލާ މި ހިދުމަތް ހޯދާ ފައިސާ ދެއްކޭނެ ލުއި ފަސޭހަ ގޮތްތަކެއް ވެސް ކަނޑައަޅާފައިވެއެވެ.

މިއީ އީ-ކޮމާސް ގެ ރޮގުން ކުރިއަށްދާ ކުދި ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ގެނެވުނު ބަދަލު އިއުލާން ކުރުމުގެ ގޮތުން ނެރުނު ނޫސްބަޔާނުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި އީ -ކޮމާރސްގެ ހިދުމަތް ދަނީ ހަލުވިކަމާ އެކު ކުރިއަރަމުންނެވެ. އެ ގޮތުން މިހާރުވެސް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހޯދާ 112 ވިޔަފާރިވެރިން ތިބިއިރު މި ގޭޓްވޭ މެދުވެރިކޮށް މިދިޔަ އަހަރު 1.5 މިލިއަން ޓްރާންސެކްޝަންސް ހަދާފައިވެއެެވެ.

މި ގެނެވުނު ބަދަލާއެކު އީ-ކޮމާސްގެ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ވިޔަފާރިތަކާ ބޭންކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށް ބީއެމްއެލްއިން ބުނެއެެވެ.

ޕޭމަންޓް ގޭޓްވޭގެ އިތުރުން ވެސް ފުޅާދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ބީީއެމްއެލްއިން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން އަދި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ހިމެނެ އެވެ. ބޭންކު މެދުވެރިކޮށް ހިންގޭ މުއާމަލާތްތަކުގެ 90 ޕަސެންޓަކީ ޑިޖިޓަލްކޮށް ހިންގޭ މުައާމަލާތްތަކެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށްވުރެ ގިނަ މުއާމަލާތްކޮށްފައިވެއެވެ.
ހިޔާލު