Dhekunu Asiagai Vazeefage Furusathuthah Enmme Fahi Gaumakee Raajje: World Bank
image
އަންހެނެއް ދިވެހި ސަގާފީ ހެދުމުގައި: ފޮޓޯ ހޮޓެލިއާ މޯލްޑިވިސް
0 ކޮމެންޓް
 

މި ސަރަހައްދުގައި އަންހެނުންނަށް އެންމެ ފަހި ފުރުސަތުތައް އޮތީ ރާއްޖެގައި

ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފޯރުކޮށްފިނުމުގައި ދެކުނު އޭޝިއާގައި އެންމެ ތަފާތުކުރުން ކުޑަ ގައުމަކީ ދިވެހިރާއްޖެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
އެ ބޭންކުން ނެރުނު، 'ވިމެން، ބިޒްނަސް އެންޑް ދަ ލޯ 2019' ގައި ރާއްޖެއަށް ދީފައިވަނީ 73.75 ގެ ސްކޯއެކެވެ. މި ސަރަހައްދުން ރާއްޖެއާއި އެންމެ ކައިރިން ސްކޯއެއް ލިބިފައިވަނީ އިންޑިއާއެވެ. އެގޮތުން އިންޑިއާއަށް ލިބިފައިވަނީ، 71.25 ގެ ސްކޯރއެކެވެ. ރިޕޯޓުގައި ބުނާގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ވެސް ދެކުނު އޭޝިއާއިންނެވެ.

މި ރިޕޯޓުގައި ސްކޯ ދީފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭފައި ދަތުރުފަތުރު ކުރުމުގައި ހުރި ފަސޭހަކަމާ، މުސާރައިގެ ހަމަހަމަކަމާއި، ވަޒީފާއަށް އޮތް ފުރުސަތުތައް ހިމެނެއެވެ. އަދި ވިޔަފާރިއަށް އޮތް ފުރުސަތުތަކުގައި ދެ ޖިންސުމުގެ މެދުގައި ތަފާތުކުރުން އޮތް މިންވަރުވެސް ބަލާފައިވެއެވެ.

މުޅި ރިޕޯޓުގައި 189 ގައުމެއް ހިމަނާފައިވާއިރު، ދެކުނު އޭޝިއާއިން މަތީ ސްކޯއެއް ރާއްޖެއަށް ލިބުނު ނަމަވެސް މުޅި ދުނިޔޭގެ ލިސްޓުން ރާއްޖެއަށް ލިބިފައިވަނީ 114 ވަނައެވެ. މުޅި ދުނިޔޭގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭ ތިން ގައުމަކީ ބެލްޖިއަމް، ޑެންމާކް އަދި ފްރާންސެވެ.
ހިޔާލު