Zayn anekka ves Gigi Hadid aa rahtehi veetha?
image
ޖީޖީ އާއި ޒެއިން---
0 ކޮމެންޓް
 

ޒެއިން އަނެއްކާ ވެސް ޖީޖީ ހަދީދް އާ ރައްޓެހިވީތަ؟

މަޝްހޫރު ބޭންޑު، ވަން ޑައިރެކްޝަން ގެ ކުރީގެ މެންބަރު ޒެއިން މާލިކް އޭނާގެ ލޯބިވެރިޔާ އަދި އެމެރިކާގެ މަޝްހޫރު މޮޑެލް ޖީޖީ ހަދީދް އަނެއްކާ ވެސް ރައްޓެހިވެގެން އުޅޭކަމަށް ބޭރުގެ ހަބަރުތަކުން ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ޒެއިން އާއި 23 އަހަރުގެ ޖީޖީ މިދިޔަ އަހަރު ރުޅިވެގެން އުޅޭކަމަށް ހަބަރު ފެތުރިފައިވަނީ ދެމީހުން މިހާރު އެކަކު އަނެކަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރުން ހުއްޓާލުމާގުޅިގެންނެވެ. އަދި ޒެއިން، ޖީޖީ އިންސްޓާގުރާމުން މިހާރު ފޮލޯ ނުކުރާތީއެވެ.

ނަމަވެސް، ދާދި ފަހުން ޒެއިން ކުރި ޓުވީޓަކުން އަނެއްކާ ވެސް ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފައްދާފައެވެ. ޒެއިން އެޓުވީޓުގައި ވަނީ ޖީޖީ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައެވެ.



އެދެމީހުންގެ ގުޅުމަކީ ކޮބައިތޯ ހޯދުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. އަދި ގިނަ ބަޔަކު މިހާރު ތިބީ އެޓުވީޓަށް ޖީޖީ ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

ޒެއިން ވަނީ ގިނަ ރީތި ލަވަތަކެއް ކިޔާފައެވެ. 2015 ވަނަ އަހަރު ޒޭން އެ ބޭންޑު ދޫކޮށްލާފައިވާއިރު އޭނާ ވަނީ ސޯލޯ ކެރިއަރެއް ފަށާފައެވެ.

އެގޮތުން އޭގެ އަނެއް އަހަރު އޭނާ ވަނީ "މައިންޑް އޮފް މައިން"ގެ ނަމުގައި އަމިއްލަ ޑެބިއު ސޯލޯ އަލްބަމެއް ނެރެފައެވެ. އޭނާގެ ދެވަނަ ސޯލޯ އަލްބަމް 'އިކާރަސް ފޯލް' ނެރެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޖުމްލަ 27 ލަވަ ހިމެނޭ އެލަވަތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ޒެއިން ވަނީ ދާދި ފަހުން ވީޑިއޯ ލަވައެއް ނެރެފައެވެ. 'ސެކްރިފެކްޝަން' ކިޔާ އެލަވައަކީ އޭނާ ޖީޖީ ހަދީޖާގެ ފަރާތުން ހިތްވަރު ލިބިގެން ހަދާފައިވާ ލަވައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހިޔާލު