Hithadhoo Mas Factory roavi alifaan nihvalaifi
image
ހިތަދޫ މަސްފެކްޓްރީގައި ރޯވެފައި: ފޮޓޯ އެމްއެންޑީއެފް
0 ކޮމެންޓް
 

ހިތަދޫ މަސްފެކްޓްރީގައި ރޯވި އަލިފާން ނިއްވާލައިފި

އައްޑޫ ސިޓީ ހިތަދޫގައި ކުރިން މަސް ފެކްޓްރީ ހިންގި އިމާރާތުގައި ރޯވި އަލިފާން އެމްއެންޑިއެފް ސަދަން އޭރިއާގެ ސިފައިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު މިއަދު ހަވީރު 17:53 ހާއިރު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި އެ ސަރަޙައްދުގައި ތިބި އާންމު ރައްޔިތުން ކުރި މަސައްކަތުން، ރޯވެފައިވާ ހުރި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ އިރުއޮއްސި 18:50 ހާއިރު ކަމުގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު އިމާރާތުގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

އިމާރާތުގައި އަލިފާން ރޯވާން ދިމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީގު ކުރަމުންނެވެ.
ހިޔާލު