Dhigurashu ge ehgai huri haruge ehgai alifaanuge haadhisaaeh higaifi
image
އަލިފާން ރޯވި ހަރުގެ---ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

ހަރުގެއެއްގައި އަލިފާން ރޯވެ، މީހަކަށް އަނިޔާވެއްޖެ

އދ. ދިގުރަށު ގެއެއްގައި ހަދާފައި ހުރި ހަރުގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ ތަނުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ރޭ 19:04 ހާއިރު ލިބުނު ކަމަށެވެ. އަދި އެ ރަށު ކައުންސިލް އިދާރާގެ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވުނު ކަމަށެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިންވާލެވުނު އިރު، 66 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން ފިހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އޭނާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެހާދިސާގައި ހަރުގޭގައި ބޮޑު ބައެއްގައި އަލިފާން ރޯވެ، އެ ތަނުގެ ތެރޭގައި ހަދަމުން ދިޔަ ދޯންޏެއްގައި ވެސް ވަރަށް ބޮޑަށް އަލިފާން ރޯވިކަމަށް ވެއެވެ. އަދި އެސަރަހައްދުގައި ހުރި ރުއްތަކެއްގައި ވެސް ރޯވެފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ހަރުގޭގައި ރޯވި އަލިފާން ގަނޑު ނިއްވާލުމަށް ފުލުހުންގެ އިތުރުން ރަށުގެ ރައްޔިތުންގެ އިތުރުން، އެ ތަނުގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ހިޔާލު