Kaaku? ge teaser: Birun halheylavan jeheyne filmeh!
image
"ކާކު؟"ގެ ޕޯސްޓަރެއް...
މުޙައްމަދު މުސްޠަފާ
1 ކޮމެންޓް
 

"ކާކު؟"ގެ ޓީޒާ: ބިރުން ހަޅޭއްލަވަން ޖެހޭނެ ފިލްމެއް!

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ގެ ކުރިޔަށް އޮތް ފިލްމު "ކާކު"ގެ ޓީޒާ ޓްރެއިލާ އެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
އެ ޓީޒާ މިހާރު "ކާކު؟"ގެ ރަސްމީ ފޭސްބުކް ޕޭޖުން ބަލާލެވޭނެއެވެ. ޓީޒާ ދައްކާލާފައިވަނީ ފިލްމުގެ ބައެއް ޑައިލޮގްތަކާ ވެސް އެކުގައެވެ.

ޓީޒާ ފެށިގެން އަންނަނީ ރޭގަނޑުގެ ވަގުތެއްގައި ގެޔަކުން މީހަކު ނުކުމެގެން އަންނަ މަންޒަރުންނެވެ. އަދި އެމީހެއްގެ ކޮންމެ ހަރަކާތެއް ވަރަށް ގާތުން ބަލަމުންދާ މަހުލޫގެއް ހުރެއެވެ. ދެން ފެނިގެންދަނީ ބިރުން ފިތްކަޑައިގެން ދާވަރުގެ މަންޒަރުތަކެކެވެ.


"ކާކު؟"ގެ އިން ފެންނާނީ މައިގަނޑު ފަސް ތަރިންނެވެ. އެއީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ފިލްމަކީ ބިރުވެރި ހާދިސާ ތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމުގެ ޑަބިން އަދި އެޑިޓިން ވެސް ނިމުމަކާ ކައިރިވެފައިވާ "ކާކު؟" ގެ ޓްރެއިލާ އަކަށް ބެލުންތެރިން އިންތިޒާރު ކުރާނެ ކަން ޔަގީނެވެ.

"ކާކު؟" އަކީ 2017 ވަނަ އަހަރު މައެނބޫ ގެނެސްދިން "ނޭދެން ވަކިވާކަށް" ފަހު އޭނާ ހަދާ ފުރަތަމަ ފިލްމެވެ.

"ކާކު؟" އަކީ މިއަހަރު ސިނަމާއަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.
ހިޔާލު

މުސް

ބިރުން ތިބުނާ ވަރެއް ނުވެ