post offeehaa gulhey shakuvaathah ginavanee
image
މޯލްޑިވްސް ޕޯސްޓް އޮފީިސްހުގެ ޕިކް ޕޯސްޓު ސްޓޭޝަނެއް: ފޮޓޯ ޕްލޭސް މެޕް
14 ކޮމެންޓް
 

ޕޯސްްޓު އޮފީހާ ގުޅޭ ޝަކުވާތައް ގިނަވަނީ

މިފަހަކަށް އައިސް ޕޯސްޓުއޮފީހުގެ ހިދުމަތްތަކާ ގުޅޭގޮތުން މީސްމީޑިއާގައި އާންމުން ކުރާ ޝަކުވާތައް ގިނަވެއްޖެއެވެ.
އެ ގޮތުން މިހާރަކަށް އައިސް ޕޯސްޓު އޮފީހުން ލިބޭ ގިނަ ޕާރުސަލުތައް ލިބޭއިރު ހުންނަނީ ކެނޑުމަށްފަހު ޓޭޕެްއަޅާފައި ކަމަށާއި މިކަމާ ބެހޭގޮތުން ޝަކުވާ ކުރުމުން ވެސް އެެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް މީހަކު ބުނެފައިވެއެވެ. އެކްސްރޭ މެޝިންތަކުގެ ބޭނުން ނުހިފައި ލިބޭ ކޮންމެ ޕާރުސަލެއް ކަނޑަން ވެއްޖެނަމަ ޓެކްނޮލޮޖީގެ ބޭނުމަކީ ކޮބައިތޯ ވެސް ސުވާލުކޮށްފައިވެއެވެ.

އާންމުންގެ އެންމެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް ކަމަށް ފާހަގަވަނީ ޝަކުވާ ހުށަހަޅާނެ ރަނގަޅު އިންތިޒާމެއް ކުރެވިފައި ނެތުމާއި ޝަކުވާ ހުށަހެޅިޔަސް އެދެވޭ ހައްލެއް ނުލިބުމެވެ.

މީގެ އިތުރުން ވެސް ބައެއް ފަހަރު ޕާރްސަލްތައް ވާ ނުވާއެއް ނޭނގި ގެއްލޭކަމަށާއި މީގެތެރޭގައި ރަޖިސްޓާޑް ޕޯސްޓުކުރާ ތަކެތި ވެސް ގެއްލޭކަމަށް ބައެއް މީހުން ބުނެއެވެ.

ކަސްޓަމަރުން ގޭގައި ތިބެގެން ކިޔޫ ނަންބަރު ބަލައިލެވޭނެ އިންތިޒާމް ކުރެވިފައިވާ ނަމަވެސްް ބައެއް މީހުން ބުނާގޮތުގައި ހެނދުނު ނަގާ ނަންބަރު ކިޔު ތަރުތީބުން ހަވީރު ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެެ.

މި ޝަކުވާތަކާ ގުޅިގެން ޕޯސްޓް އޮފީހާއި ކަސްޓަމްގެ ބަހެެއް ހޯދުމަށް ކުރި މަސައްކަތަށް އެދެވޭ އިޖާބައެއް ލިބިފައެއް ނުވެއެވެ.
ހިޔާލު

ޙަބީބް

ޕޯސްޓަކީ އެންމެ އެއްޗިހި ގެއްލޭ ތަން

ލާލީ

03 ދުވަސް ވީމަ ޕާރުސަލް އަނބުރާ ފޮނުވާލާ އިރު ކީއްތަވާނީ ގުޅާފަ ޔަގީންކޮއްލަން މެސެޖް ލިބުނުތޯވެސް

ކަސްޓަމްސް

ރާއްޖެ އެތެރެކުރާ މުދާ އެކްސްރޭ މެޝިން މެދުވެރިކޮށް ނޫނީ އެތަކެތި ހުޅުވާ ބަލައިގެން އެތަކެތި އެތެރެ ކުރަން ހުއްދަ ދޭނީ ކަސްޓަމްސް އިން. އެއި އެފަރާތަށް ގާނޫނީ ބާރު ލިބިގެން އަބަދުވެސް އަމަލު ކުރަމުން އަންނަ ގޮތް. ކަން ކަން ހިނގާ ނުހިނގާ ގޮތް ނޭނގޭ މީހަކު ބުނާ އެއްޗެއް އަޑުއަހައިގެން ކަމުގެ ހަގީގަތް ނުބަލާ އެންމެން މި އަރުވަނީ ބޭކާރު ފޯރިއެއް. 100 ޕަސެންޓް ޔަގީން ކަން އެބައޮތް ޕޯސްޓް އޮފީހުން އެގޮތަށް ލިބޭތަކެތި ނުކަނޑާނެ ކަމުގެ.

ޕޯސްޓް

ޕޯސްޓް އޮފީހަކީ މަޑުމަޑުން އޮވެ އެތައް ނޭއްގާނީ ކަންތައްތަކެއް ކުރާ ކަމެއް. އޭގެ ނަތީޖާ ހިދުމަތް ދިނުން ދުވަހެއް ދުވަހަކަށް ފަހަތަށް ދިއުމަކީ!

ލަދު

މިއީ ގައުމީ ޕޯސްޓް ކުންފުންޏޭ ބުނަންވެސް ލަދުގަނޭ!

ބޮޑުމަންޒަރު

މިއީ ނުދައްކާ ވާހަކަ! ޕޯސްޓުން އަވަހަށް ސްޕޮންސާކޮށްލާ އޭރަށް ދެން ނުފެންނާނެ އެއްވެސް މީޑިއާ އަކަށް!

ކަލޯ

މުޅި ދުވަހު ހުރެގެން ނޫނީ ޕާރުސަލެއް ނުލިބޭ! އިތުރު ކައުންޓަރުތައް ޖަހާކަށް ނުވޭތަ؟

ހުސް ދޮގު

ދޮގެއް! ފާޑުކިޔަނީ ހިދުމަތް ރަނގަޅު ވީމަ ހަޖަލް ނުވެގެން

ޕިކް ޕޯސްޓް

ޕިކް ޕޯސްޓަށް އެއްޗެއް އައިސިއްޔާ ފަސޭހަ. ނޫނީ މުޅި ދުވަސް އެތާގަ ހޭދަކޮށްގެން ހިދުމަތް ލިބެނީ. މިއީ ވަރަށް ދެރަވަރު!

ދެރަވޭ

ކުރިން އަހަރެމެން އުޅުނުއިރު ހާދަ ސްމޫތުކޮށް ހިންގި ތަނެކޭ. މިހާރު ބަލާބަ! ހަގީގަތުގަ ވެސް ދެރަވޭ. ކިއުގަ ޖެހިގެއް އެތައް ގަޑިއެއް ވާއިރު ވެސް ހިދުމަތް ނުދެވޭ.

ވަކީލު

ކަސްޓަމަރުގެ ހާޒިރުގަ ނޫނީ ޕޯސްޓެއް ކަނޑާ، އޭގައި އޮންނަ އެއްޗެއް ނަގާ ބެލުމަކީ ފެލަނީ އެއް! ގާނޫނީ ފިޔަވަޅު އަޅަންވީ!

ކަނޑާ

އަޅުގަނޑުގެ އެތައް އެއްޗެއް ކަނޑާފަ އަލުން ޓޭޕް އަޅާފަ އެބަހުރި. އެއީ ސީދާ ޕޯސްޓުން ޒިންމާ ނަގަން ޖެހޭނެ ކަމެއް.

ދޮގު

މީ ސީދާ ދޮގާ މަކަރާ ހަދާ ތަނެއް. އަޅުގަނޑުގެ އެތައް ޕާރުސަލެއް ޕޯސްޓް އޮފީސް ތެރޭން ވަނީ ގެއްލިފަ. ގުޅީމަ ފޯނެއް ނަގާ ތަނެއް ނޫން!

އިސްތިއުފާ

ޕޯސްޓް އޮފީސް ހިދުމަތްތައް ދަނީ ދުވަހެއް ދުވަހަކަށް ފަހަތަށް! ވެރިން ބަދަލުކުރަންވީ!