Ishqbaaz ah fahu Ishita drama ves dhehkun huttalaneetha?
image
އިޝީތާ ޑުރާމާ ގެ މަންޒަރެއް---
0 ކޮމެންޓް
 

އިޝްގުބާޒަށް ފަހު އިޝީތާ ޑްރާމާ ވެސް ދެއްކުން ހުއްޓާލަނީތަ؟

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "އިޝްގްބާޒް" ދެއްކުން ހުއްޓާލަން ނިންމާލާފައިވާއިރު އެ ޝޯގެ އިތުރުން އިޝިތާ ޑުރާމާ "ޔޭ ހޭ މޮހައްބަތެއިން" ވެސް ދެއްކުން ހުއްޓާލަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ސްޓާ ޕްލަސް އިން އާ ޝޯތަކެއް ގެނައުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން ތިން ޝޯއެއް ދެއްކުން ހުއްޓާލަން ނިންމާފައިވާއިރު އޭގެ ތެރޭގައި "ޔޭ ހޭ މޮހައްބަތެއިން" ވެސް ހިމެނޭ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

ސްޓާ ޕްލަސް އިން ދެއްކުން ހުއްޓާލާ ދެ ޝޯއަކީ "އިޝްގްބާޒް" އާއި "ކްރިޝްނާ ޗަލީ ލަންޑަން" އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ޝޯތަކަކީ ބެލުންތެރިންގެ މަގުބޫލުކަން އެންމެ ކުޑަ ދެ ޝޯއެވެ.

ޔޭ ހޭ މޮހައްބަތެއިން ޑްރާމާ ދައްކަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެޑްރާމާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އެ ޑްރާމާގައި މަސައްކަތްކޮށް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
ހިޔާލު