Sarahadhuge Sul'ha aa gulhifaivany Pakistange Ninmunthah: Raees Nasheed
image
ރައީސް މުހައްމަދު ނަޝީދު:----
0 ކޮމެންޓް
 

ސަރަހައްދުގެ ސުލްހައާއި ގުޅިފައިވަނީ ޕާކިސްތާނުގެ ނިންމުންތައް: ރައީސް ނަޝީދު

ދެކުނު އޭޝިއާ ސަރަހައްދުގެ ސުލްހައާއި ގުޅިފައިވަނީ ޕާކިސްތާނުގެ ނިންމުންތަކުގެ މައްޗަށް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދެކުނު އޭޝިއާގެ ސުލްހަ އާއި ހަމަޖެހުން ގުޅިފައިވަނީ ޓެރަރިޒަމާމެދު ޕާކިސްތާނުން ނިންމާ ނިންމުންތަކާ އެ ގައުމުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތްތާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ މައްޗަށެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ އިންޑިއާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެފައިވާ ދުވަސްވަރެކެވެ. ޖަންމޫ ކަޝްމީރުގައި އިންޑިއާ ސިފައިންގެ 44 މީހުން މަރާލި ހަމަލާތަކަށް ފަހު އިންޑިއާއިން ވަނީ ޕާކިސްތާނުގެ ބޯޑަރުތެރެއަށް ހަނގުރާމަވެރި މަތިންދާ ބޯޓަކާއެކު ވެސް ވަދެފައެވެ. އަދި ޕާކިސްތާނުން ވަނީ އެ ބޯޓު ވައްޓާލައި ޕައިލެޓު އެގައުމުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލާފައެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން ވަނީ އިންޑިއާގެ ހާރިއްޖިއްޔާއާއި ވެސް މަޝްވަރާކޮށް ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމް ކުރުމަށް ގޮވާލާފައެވެ.
ހިޔާލު