Hadhamundhiya imaarathakun baalidhee eh vetti anhenehge meymatheegai jehijje
image
ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އަޝްވާ ފަހީމް
1 ކޮމެންޓް
 

ހަދަމުންދިޔަ އިމާރާތަކުން ބާލިދީއެއް ވެއްޓި އަންހެނެއްގެ މޭމަތީގައި ޖެހިއްޖެ

ހަދަމުންދިޔަ އިމާރާތަކުން ބާލިދީއެއް ވެއްޓި މީހެއްގެ މޭމަތީގައި ޖެހިއްޖެއެވެ.
ފުލުހުން ބުނީ މިއަދު 13:50 ހާއިރު މާވެޔޮ ގޯޅީގައި ހަދަމުން ދިޔަ އިމާރާތަކުން ބާލިދީއެއް ވެއްޓި 28 އަހަރުގެ އަންހެނެއްގެ މެއިމަތީގައި ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެމީހާ އަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހާދިސާގައި ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަށް ފުލުހުން އަންގައި ކޮންސްޓްރަކްޝަން ސައިޓަށް ގޮސް ހަރަކާތްތެރި ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.



ބާލިދީ ވެއްޓެން މެދުވެރިވީ ކޮން ސަބަބަކާ ހެދިކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް ކޮންސްޓްރަކްޝަން ސައިޓުތަކުން ތަކެތިވެއްޓި މަގުމަތީގައި ހިނގާ އަންމުންނަށް އަންނަނީ ތަފާތު އަނިޔާތައް ލިބެމުންނެވެ.
ހިޔާލު

ސަންތި

ތީ ބާލިދީއެއްތަ ނޫނީ ޓައްޕެއްތަ؟