Bharat ge shooting nimijje
image
"ބާރަތު" ގެ މަންޒަރެއްގައި ސަލްމާން...
މުޙައްމަދު މުސްޠަފާ
0 ކޮމެންޓް
 

"ބާރަތު"ގެ ޝޫޓިން ނިމިއްޖެ

ސަލްމާން ހާނާއި ކެޓްރީނާ ކައިފް ލީޑު ރޯލު ކުޅެފައިވާ ފިލްމު "ބާރަތު" ގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
"ބާރަތު"ގެ ޝޫޓިން ނިންމާލިކަން ހާމަކޮށް ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ޓްވީޓެއް ވެސް ކޮށްފައެވެ. އެ ފިލްމަކީ މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި ފިލްމެކެވެ.

އެ ފިލްމަކީ މުމްބާއީގެ އިތުރުން މޯލްޓާ އަދި އަބޫދާބީގައި ވެސް މަންޒަރުތައް ނަގާފައިވާ ފިލްމެކެވެ.

އިންޑިއާގެ ނޫސްތަކަށް ޒަފަރު ބުނެފައިވަނީ ފިލްމު މިވަގުތު އޮތީ ޕޯސްޓް ޕްރޮޑަކްޝަން ގައި ކަމަށާއި ފިލްމުގެ މަސައްކަތްތައް ކުރިއަށް ދާގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.



އެ ފިލްމުގެ ފުރަތަމަ ދައްކާލުން މިިދޔަ ޖެނުއަރީ މަހު ބެލުންތެރިންނަށް ވަނީ ދައްކާލާފައެވެ. އަދި ޓީޒާ އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވެސް ލިބިފައެވެ.

"ބާރަތު" ގައި ފެންނާނެ ތަރިންގެ ތެރޭގައި ޖެކީ ޝްރޮފް، ތައްބޫ، ޑިޝާ ޕަޓްނީ، އަދި "ދިލްބަރް" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި ނޯރާ ފަތުހީ ހިމެނެއެވެ. އަދި ވަރަށް ހާއްސަ ފެނިލުމަކުން ވަރުން ދަވަން ފެންނާނެ އެވެ. ޖެކީ ޝްރޮޕް "ބާރަތު"ގައި ކުޅެނީ ސަލްމާންގެ ބައްޕަގެ ރޯލެވެ.

އެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ.
ހިޔާލު