Lava kiyuntheriya keith maruvefai ovva fenijje
image
ކެއިތު---
0 ކޮމެންޓް
 

ލަވަކިޔުންތެރިޔާ ކެއިތު މަރުވެފައި އޮއްވާ ފެނިއްޖެ

އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ކެއިތު ފްލިންޓް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އުމުރުން 49 އަހަރުގެ ކެއިތު މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ ހެނދުނު އޭނާ ދިރިއުޅެމުން އައި ގޭގައި ކަމަށް ބޭރުގެ ނޫސްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކެއިތުގެ މަރު މިހާރު ތަހުގީގު ކުރަމުންދާއިރު ބޭރުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ކެއިތު ވަނީ މަރާލާފައެވެ.

ކެއިތަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ނެށުންތެރިއެއް ވެސް މެއެވެ. ކެއިތު ކައިވެނިކޮށްފައިވަނީ 2006 ވަނަ އަހަރު މަޔޫމީ ކައި އާއެވެ. އެދެމީހުންގެ ދަރިއަކު ނުހުރެއެވެ.

ކެއިތު ކިޔާފައި ހުރި ބައެއް ލަވަ ތަކުގެ ތެރޭގައި "ބްރެތު" އާއި "އޮމެން" އާއި "އައުޓް އޮފް ސްޕޭސް" އާއި "ނީޑް ސަމްވަން" އާއި "ނޯ ގުޑް" އާއި "ވޫޑޫ ޕީޕަލް" އާއި "ދެއާ ލޯ" އަދި "ވީ ލިވް ފޯރްއެވާ" ހިމެނެއެވެ.
ހިޔާލު