STO ge board director kamah kurimathilumuuge furusathu hulhuvailaifi
image
އެސްޓީއޯ--ފޮޓޯ: ސަން
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

އެސްޓީއޯ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯ ބޯޑުގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރެއް ހޯދުމަށް މިއަދު އެ ކުންފުނިން އިއުލާންކޮށްފިއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން "އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އާއި އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 މާރޗް 27 ވާ ބުދަ ދުވަހުގެ 1600 އެވެ.

ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ މައި އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް އީމެއިލް ކުރެވިދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. ފެކްސްގެ ޒަރީއާއިން ފޯމު ހުށަހަޅާނަމަ ނަންބަރަކީ 3344533 އެވެ. މިފޯމް ކުންފުނީގެ ރިސެޕްޝަން އަދި ކުންފުނީގެ ވެބްސައިޓް www.sto.mv އިން ލިބެއެވެ.

ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ކުންފުނިން ކޮށްފައިވާ އިއުލާނާއި "ބޯޑު ކެނޑިޑަސީ ގައިޑްލައިން" ގައި ބަޔާންކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިޑޮކިއުމަންޓްތައް ކުންފުނީގެ ވެބްސައިޓުގައި ވެސް ޝާއިއުކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނާ ގޮތުގައި ފޯމް ހުށަހަޅާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރާނެއެވެ. މިއިންޓަވިއުއިން ޝޯޓް ލިސްޓު ކުރާ ކެނޑިޑޭޓުންގެ ތެރެއިން މިމަގާމަށް އިންތިހާބު ކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ނަންތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުންނެވެ. މިގޮތުން ބޯޑުން ކަނޑައަޅާ ފަރާތްތަކުގެ މަޢުލޫމާތު، ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އާންމު ކުރެވޭނެއެވެ.

މީގެ އިތުރުން، ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަން ބޭނުންވާނަމަ 2019 މާރޗް 27 ވާ ބުދަ ދުވަހުގެ 1600 ގެ ކުރިން އެކަން އެސްޓީއޯއަށް އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މިއަދު ހުށަހަޅައިފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ވިޔަފާރި ވަޒީފާ
ހިޔާލު