Photo negumahafhu supportaraku Prabhas moonumathygai jahaifi
image
ޕްރަބާސް---
3 ކޮމެންޓް
 

ފޮޓޯ ނެގުމަށްފަހު ސަޕޯޓަރަކު ޕްރަބާސްގެ މޫނުމަތީގައި ޖަހައިފި

ފޮޓޯ ނެގުމަށްފަހު ސަޕޯޓަރަކު ޕްރަބާސްގެ މޫނުމަތީގައި ޖަހައިފިއެވެ.
އުމުރުން 39 އަހަރުގެ ޕްރަބާސްއަކީ ތެލުގޫ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ. ދާދި ފަހުން ޕްރަބާސް ލޮސް އޭނާޖްލްސް ގެ އެއާޕޯޓުން ފެނިގެންދިޔައިރު ގިނަ ސަޕޯޓަރުންނާއެކު އޭނާ ވަނީ ފޮޓޯ ނަގާފައެވެ.

އޭގެ ތެރެއިން އެއް ސަޕޯޓަރަކު ވަނީ ފޮޓޯ ނެގުމަށްފަހު ޕްރަބާސް މޫނުމަތީގައި ޖަހާފައެވެ. ޕްރަބާސް މޫނު މަތީގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީިޑިއާގައި މިހާރު އާންމު ވެފައިވާއިރު އެވީޑިއޯ އިން ފެންނަ ގޮތުގައި އެ އަންހެން ސަޕޯޓަރު ހުރީ ޕްރަބާސް އާއެކު ފޮޓޯ ނެގުމަށް ކެތް މަދުވެފައެވެ.


ޕްރަބާސް ފެނުމާއެކު އެއަންހެން ސަޕޯޓަރު ޕްރަބާސް ކައިރިއަށް ގޮސް ފޮޓޯ ނަގާފައިވާއިރު ފޮޓޯ ނެގުމަށްފަހު އެކުއްޖާ ދަމުން ވަނީ މޫނުމަތީގައި ޖަހާލާފައެވެ. ބެލެވޭ ގޮތުގައި އެކުއްޖާ ޕްރަބާސްގެ މޫނުމަތީގައި ޖެހުނީ އުފަލުންގޮހެވެ.

މޫނުމަތީގައި ޖެހުމާއެކު އެކުއްޖާ ވަނީ އުފަލުން އެތަނުން ގޮސްފައެވެ. ޕްރަބާސް ވެސް އެކަމާ އެހާބޮޑަށް އަޅައެއް ނުލައެވެ. އަދި އެހެން ސަޕޯޓަރުންނާއެކު ފޮޓޯ ނަގަން ފެށި މަންޒަރު ވީޑިއޯ އިން ފެނިގެން ދިޔައެވެ.

އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ބަހޫބަލީގެ ދެވަނަ ބައިންނެވެ. އެފިލްމަށް ލިބުނު ބޮޑު ކާމިޔާބަށްފަހު އޭނާ ދެން ފެނިގެންދާނީ "ސާހޯ" އިންނެވެ.
ހިޔާލު

ނިކް

ޢެެއީ ޖެހުންތަ؟

ކްލިކް ބެއިޓް

ސާބަހޭ. ސުރުހީ ކިޔާފަ ހީވީ އަތުކޮޅަށް އަތް ދަމާފަ ކަންކަށިމައްޗަށް އަތްދޮވެލައިފިޔޭ. އެމަންޖެ ލޯބިން މަޑުމަޑުން ކޮލުގަ ކޮއްޓާލާހެން ޖަހާލާފަ ދިޔައީ. ފުކެއް ބޮޑުވަރު

ހަހަހާާ

ޚަބަރުގައި ލިޔެފާނެ ކޮންމެގޮތަކަށްވެސް