Amilla Kunfunyakun 1 Million ah vure gina Rufiya MIRA ah dhahkan jehihje
image
މީރާ--
0 ކޮމެންޓް
 

އަމިއްލަ ކުންފުންޏަކުން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މީރާއަށް ދައްކަން ޖެހިއްޖެ

ހައިސީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޖީއެސްޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,156,181ރ (އެއް މިލިއަން އެއް ލައްކަ ފަންސާސް ހަހާސް އެއްސަތޭކަ އަށްޑިހަ އެއް ރުފިޔާ) މީރާއަށް ދެއްކުމަށް ހައިސީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑު މައްޗަށް ހުކުމް ކޮށްފައެވެ.

އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރަން ޖެހެއެވެ.

މީގެ ކުރިން ވެސް މީރާއިން އެކުންފުންޏަށް ދައްކަން ޖެހޭ ޖީއެސްޓީ ނުދައްކާ ކުންފުނިތައް ގޮވައިގެން ކޯޓަށް ގޮސްފައިވާއިރު އެފަދަ މައްސަލަތަކުގައި ކޯޓުން ވަނީ މީރާއަށް ދައްކަން ޖެހޭ ފައިސާ އަނބުރާ ދައްކާ އެކުންފުންޏަށް ދައްކަން ޖެހޭ އެތައް މިލިއަނެއް ދެއްކުމަށް ހުކުމްކޮށްފައެވެ.
ޖީއެސްޓީ މީރާ
ހިޔާލު